މިނިސްޓަރު އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސް އައިޝަތު މުހައްމަދު ދީދީ، މާދަމާ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަން ހަމަޖެހިއްޖެ އެވެ.
މިނިސްޓަރު އައިޝާ މަޖިލީހުގައި މާދަމާ ވާހަކަ ދައްކަވަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެންނެވެ. އައިޝާ ވާހަކަ ދައްކަވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށައަޅާ ކަންކަމެއްގެ ގޮތުގައެވެ.
މުނާސަބަތުތަކާއި ގުޅިގެން މީގެ ކުރިން މަޖިލީހުގައި މިނިސްޓަރުން ވަޑައިގެން ވާހަކަފުޅު ނުދައްކަވައެވެ. މިއީ މިފަހުން މިފަދަ ގޮތަކަށް އަމަލު ކުރާ ފުރަތަމަ ފަހަރެވެ.