އިންޑިއާ

ވިސާ ޖަހަން އޮންލައިންކޮށް ޓޯކަން ދޫކުރަނީ

ވިސާ ޖަހަން އޮންލައިންކޮށް ޓޯކަން ދޫކުރަން ނިންމާފައިވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފި އެވެ.

އޮންލައިންކޮށް ޓޯކަން ދޫކުރަން ނިންމާފައިވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފައި މިވަނީ ވިސާ ޖަހަން އިންޑިއާ ހައިކޮމިޝަން ދޮށުގައި ކިޔު ހަދައިގެން ތިބެން ޖެހޭ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ ވިސާ ޖަހަން ދެން ޓޯކަން ދޫކުރަނީ އޮންލައިން ކޮށް ކަމަށެވެ. އޮންލައިން ކުރުމުން ވިސާ އެޕްލިކޭޝަން ފޯމް ފުރުމަށްފަހު އެޕޮއިންޓްމަންޓް ބުކް ކުރެވޭނެ އެވެ. މި ބަދަލާއެކު ފިޒިކަލީ ޓޯކަން ދޫކުރުން ހުއްޓާލާނެ އެވެ. އަދި ވިސާ ޖަހަން ޓޯކަން އަށް އެދުމަށް ކުރިން ހަމަޖެއްސި ފޯން ނަންބަރު މެދުވެރިކޮށް އެ ހިދުމަތް ނުލިބޭނެ ކަމަށްވެސް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.