ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ކޮވެކްސްއިން ކޮވިޝީލްޑްގެ އެއްލައްކަ ޑޯޒް، ފަައިޒާގެ 5،800 ޑޯޒް

Mar 8, 2021
1

ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 108،000 ޑޯޒް އާއި ފައިޒާގެ 5،850 ޑޯޒް ލިބޭނެ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖެ ވަނީ ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައެވެ. ކޮވެކްސް މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ލިބޭނެ އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ކޮވެކްސް ފެސިލިޓީން މެދުވެރިކޮށް އިއްޔެ ރާއްޖެއަށް 12،000 ވެކްސިން ޑޯޒް ލިބިފައިވާއިރު އިތުރު ވެކްސިން އަދި ލިބޭނެ ކަމަށެވެ. ކޮވެކްސް މެދުވެރިކޮށް ރާއްޖެއަށް ދެ ވައްތަރެއްގެ ވެކްސިން ލިބޭނެ އެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑް އާއި ފައިޒާ - ބަޔޮންޓެކް ކޮވިޑް ވެކްސިނެވެ.

ނާސިރު ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގެ 108،000 ޑޯޒް އާއި ފައިޒާގެ 5،850 ޑޯޒް ކޮވެކްސް ފެސިލިޓީ ލިބޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.

ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށް 100،000 ސިރިންޖުވެސް މިދިޔަ މަހު ހަދިޔާކޮށްފައިވެއެވެ.

މިިިދިޔަ މަހުގެ މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ވެކްސިން ޕްރަގްރާމު ފަށާފައިވާއިރު މިހާތަނަށް 151،000 މީހަކަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، އިތުރު 100،000 ޑޯޒް ވަނީ ދީފައެވެ. ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ.


ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހިރައްޔިތުންނަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ. އަދި ހެޔޮއެދޭ ފަރާތަކުން ވަނީ ޗައިނާ ވެކްސިންގެ 5،000 ޑޯޒް ހަދިޔާކޮށްފައެވެ. ނަމަވެސް އެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނުދެއެވެ.