ކީރިތި ގުރުއާން

ފިޔޯރީ ގުރުއާން މުބާރާތުގެ ވަނަ ހޮވައިފި

Mar 8, 2021

ގދ. ފިޔޯރީގެ ފޭސް ޖަމިއްޔާއިން ބޭއްވި ގުރުއާން މުބާރާތުން އެއްވަނަ، އެ ރަށު އަބްދުﷲ ޝަހާމް މުހައްމަދު ހޯދައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ފަށައި ހޯމަ ދުވަހު ނިންމާލި އެ މުބާރާތުގެ ބައިވެރިންނަށް އިއްޔެ ވަނީ އިނާމު ވެސް ދީފަ އެެވެ. މުޅި މުބާރާތުން އެއްވަނަ ހޯދި ޝަހާމަށް 12،000ރ. ދިނެވެ. ދެވަނައަށް ދިޔަ ދަރިވަރަށް 3000ރ. އަދި ތިން ވަނަ ދަރިވަރަށް 2000 ރ. ދިނެވެ.

ފަރެހާއި މާތޮޑާ އާއި ފިޔޯރީ އާއި ރަތަފަންދޫން ހަ އަހަރާއި 16 އަހަރުގެ ކުދިންނަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގައި 67 ކުދިން ބައިވެެރިވި އެވެ.