ރާއްޖެ ކުޅިވަރު

ރޮނާލްޑޯ ލަނޑު ނުޖަހާ ޓީމެއްނެތް

އިދިކޮޅަށް ކުޅުނު ހުރިހާ ޓީމެއްގެ ކޮޅަށް ސްޕެނިޝް ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖަހައިފި އެވެ.

އޭނާ މިކަން ފުރިހަމަކުރީ ލީގުގައި ރޭ ލަސް ޕަލްމާސް އަތުން 3-1އިން ރެއާލް މޮޅުވި މެޗުގައި ލަނޑު ޖަހައިގެންނެވެ. މި މެޗުގައި އޭނާގެ އިތުރުން ދެން ލަނޑު ޖެހީ އިސްކޯ އާއި ޖެސޭ ރޮޑްރިގޭޒް އެވެ.

މި މޮޅާއެކު ރެއާލް އެއްވަނާގައި އޮތްއިރު ރޮނާލްޑޯ އެންމެގިން އިން ލަނޑު ޖަހާދައިވަނީ ސެވިއްޔަ ކޮޅަށެވެ. އެއީ 19 ގޯލެވެ. އުމުރުން މިހާރު 31 އަހަރުގެ ފޯވަޑް ދެން އެންމެ ގިނައިން ލަނޑު ޖަހާފައިވަނީ ގެޓަފޭ ކޮޅަށެވެ. އެއީ 18 ގޯލެވެ. އޭގެ ފަހުން އެތްލެޓިކް ބިލްބާއޯ އާއި މަލާގާ ކޮޅަށް 14 ގޯލު ޖަހާފައިވެ އެވެ. ވާދަވެރި ބާސެލޯނާ ކޮޅަށް ލީގުގައި ޖެހިފައިވަނީ ހަތް ގޯލެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ރެއާލް އަށް 2009 ވަނަ އަހަރު ބަދަލުވެ، ރޮނާލްޑޯ ވަނީ މިހާތަނަށް 30 ޓީމެއްގެ ކޮޅަށް 234 ލަނޑު ޖަހައިފަ އެވެ.