ރިސޯޓް

ދާރުލް އާސާރަކާއެކު ރާއްޖޭގައި ރިސޯޓެއް

Mar 9, 2021

ދިވެހި ތާރީހު ފެންނާނެ ދާރުލްއާސާރަކާއި އާޓް ގެލަރީއެއް ހިމެނޭ ގޮތަށް ފުރަތަމަ ރިސޯޓުގެ ގޮތުގައި ކޯރާ ކޯރާ މޯލްޑިވްސް އޮކްޓޫބަރު މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ރ. މާމިގިލީގައި ހުޅުވާ ކޯރާ ކޯރާ މޯލްޑިވްސް ވެގެން ދާނީ މުޅިން ތަފާތު ކޮންސެޕްޓަކަށް ރާއްޖޭގައި ހުޅުވާ ރިސޯޓަކަށެވެ.

ފަސް ތަރީގެ އެ ރިސޯޓުގެ އެންމެ ބޮޑު އެއް ތަފާތަކަށް ވެގެން ދާނީ ރިސޯޓުގެ ދާރުލްއާސާރާއި އާޓްގެލަރީ އެވެ. މިއީ މިގޮތަށް ހުއްދަ ލިބިގެން ދާރުލްއާސާރެއް ހުޅުވާ ފުރަތަމަ ރިސޯޓެވެ. މި ތަނުގައި ރާއްޖޭގެ މުއްސަނދި ސަގާފަތް ޓޫރިސްޓުންނަށް ފެންނާނެ 400 އަށްވުރެ ގިނަ އާސާރީ ތަކެތި ހުންނާނެ އެވެ.

މޫދާއި އެއްގަމުގައި ވިލާތައް ހަދާފައިވާ މި ރިސޯޓުގައި 100 ވިލާ ހުންނާނެ އެވެ. އެ ތަންތަން ވެސް ފަރުމާކޮށްފައި ވަނީ ދިވެހި ވަންނަތަ ގޮތަކަށެވެ. މީގެ އިތުރުން ރިސޯޓުގައި ޖަޕަނީޒް ކެއުންތަކާއި އިޓާލިއަން ކެއުންތައް އޭޝިއާގެ ރަހަތަކުގެ އިތުރުން އިންޓަނޭޝަނަލް ފުޑް ހިމެނޭ ރެސްޓޯރެންޓްތައް ވެސް ހުންނާނެ އެވެ. މީގެ އިތުރުން އައިސް ކްރީމް ޕާލާއަކާއި ޖިމް އަދި އައުޓްޑޯ ސިނަމާއެއްގެ އިތުރުން ކިޑްސް ކްލަބަކާއި މޫދު ކުޅިވަރު އަދި ޕަޑީ ޑައިވް ސެންޓަރެއް ވެސް ހުންނާނެ އެވެ.

މި ރިސޯޓަކީ ހުޅުވަން މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއްވީ ރިސޯޓެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ ރިސޯޓު ހުޅުވޭނެ ގޮތް މިހާތަނަށް ވަނީ ބުނެވެފަ އެވެ.

ރާއްޖޭގައި މިހާރު ވެސް ނުހެދި 80 އަށް ވުރެ ގިނަ ރިސޯޓު ނުހެދި އެބައޮތެވެ. މީގެތެރޭގައި ގިނަ ފަޅު ތަކެއް ވެސް ހިމެނެ އެވެ. ސަރުކާރުން ވަނީ މި އަހަރު 15 ރިސޯޓެއް ހުޅުވޭނެ ކަމަށް ބުނެފަ އެވެ.