ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ބިރު ދައްކަމުންދާ ކަމަށް ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ކުރެއްވި ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކުރަން މަލީހު މަޖިލީހުގެ އިމްތިޔާޒް ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.
މަލީހު މަގާމުން ދުރުކުރުމަށް ދާދި ފަހުން މަޖިލީހުގައި ކުރިއަށް ދިޔަ ވޯޓުގައި ޖަވާބުދާރީ ވުމުގެ ތެރޭގައި އޭނާ ވިދާޅުވީ ވަޒީރުންނަށް ބިރު ދައްކަވަމުންދާ ކަަމަށާއި އޭގެ ހެއްކަަކަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ އިސްތިއުފާ ދޭން މަޖުބޫރުކުރި ކުރަން ފުދޭ ކަަމަށެވެ. މަލީހުގެ ތުހުމަތުތަކާ ހިތްޕުޅާ ހަމަނުވެ ރައީސް ނަޝީދު އެ ދުވަހު ވަނީ މަލީހު މަޖިލީހުގައި އިތުރުފުޅު ހައްދަވާ ކަަމަށް ތުހުމަތުކުރައްވައި މަލީހުގެ މައްސަލަ އިމްތިޔާޒް ކޮމެޓީއަށް ފޮނުވާނެކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން އެކަން ސާބިތުވެއްޖެނަމަ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްއަށް ފޮނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މަލީހުގެ ތުހުމަތުތަކަކީ މަޖިލީހުގެ އިމްތިޔާޒްތަކުގެ ބާރާއި އިމްތިޔާޒްތަކުގުެ އިތުރަށް ގަދަރަށް އުނިކަން ލިބޭފަދަ ކަމެއް ކަަމަށް ވިދާޅުވެ އެ މައްސަލަ އިމްތިޔާޒް ކޮމެޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.
މަލީހުގެ ތުހުމަތުތަކާ ހިތްޕުޅާ ހަމަނުވެ ރައީސް ނަޝީދު ވިދާޅުވީ މަލީހު މަޖިލީހުގައި އިތުރުފުޅު ހެއްދެވިކަން ސާބިތުވެއްޖެނަމަ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްއަށްވެސް ފޮނުވާނެ ކަމަށެވެ.
މިއަދު އިމްތިޔާޒް ކޮމެޓީން އެކަމާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ފުރަތަމަ ބަހުސްގައި އެ މައްސަލައިގައި މަލީހު ހާޒިރުކޮށް ސުވާލުކުރަން ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން އެވެ. އަދި މަލީހުގެ ތުހުމަތުތަކަކީ ކޮން އަސާސެއްގެ މައްޗަށް ކުރާ ތުހުމަތެއްތޯ ބަލަައި ސާފު ކުރަން އޭނާ އެދިވަޑައިގެންނެވެ.
ވަޒީރުންނަށްނަށް ބިރު ދައްކަނީ ކޮންގޮތަކުންތޯއާއި އޭގެ ތަފްސީލް ދިނުމަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގި ދުވަހުވެސް މަލީހުގެ އަރިހުން ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ. ނަމަވެސް މަލީހަށް ވާހަކަފުޅު ދައްކަން ލިބިވަޑައިގެންނެވި ވަގުތު މާ މަދުކަމަށް ވިދާޅުވި އޭގެ ތަފްސީލަކަށް ވަޑައިގެން ނުގެންނެވި އެވެ.