އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެކަން ކޮމިއުނިކޭޝަން އެންޑް މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ވަނީ އަވަސްއަށް ކަށަވަރުވެސް ކޮށްދެއްވައިފައެވެ. އާޒިމް ޕޮޒިޓިވްވީ އިއްޔެ ރޭކަމަށް ވެސް ޒިޔާއު މައުލޫމާތު ދެއްވަ އެވެ.
އާޒިމްގެ ހާލު ރަނގަޅު ކަމަށާއި އަދި އޭނާ ހުންނެވީ ހޯމް ކަރަންޓީނުގައި ކަމަށް ޒިޔާއު ވިދާޅުވި އެވެ.
އާޒިމް ޕޮޒިޓިވް ވިޔަސް މަޖިލީހުގެ ތެރެއިން އޭނާގެ އެއްވެސް ޑައިރެކްޓް ކޮންޓެކްޓެއް ނެތް ކަަމަށް ޒިޔާއު ވިދާޅުވި އެވެ. އާޒިމް އެންމެ ފަހުން މަޖިލީހަށް ހާޒިރުވިކަމަށް ޒިޔާއު ވިދާޅުވަނީ މިދިޔަ ހަފްތާގައި ކަމަށެވެ.
މިއީ މަޖިލިސް މެމްބަރަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އަދި ގިނަ މެމްބަރުން މިހާރު ވަނީ ވެކްސިންވެސް ޖައްސަވައިފަ އެވެ. ނަމަވެސް އާޒިމް ކޮވިޑް ވެކްސިން ނުޖަހާ ކަަމެއް ޔަގީނެއް ނުވެ އެވެ.
މިއަދު މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮވިޑް ވެކްސިން ޖެހުމުން ކޮވިޑަށް ޕޮޒިޓިވް ނުވާކަން މަޖިލިސްތެރެއިން ފެންނަމުންދާ ކަމަށެވެ.