ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

ހަރުކަށި ފިޔަވަޅާއެކު ކާފިއު އިތުރު ހަފްތާއަކަށް

ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ)
0%
0%
100%

މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު އެޅި ފިޔަވަޅުތައް ހަފްތާއަކަށް އިތުރުކޮށްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުއްވި އެންގުމުގައި ބުނެފައިވަނީ ފެބްރުއަރީ ހަތަރުވަނަ ދުވަހު އެޅި ފިޔަވަޅުތައް މާދަމާއިން ފެށިގެން ހަފްތާއެއްގެ މުއްދަތަށް އިތުރުކޮށްފައިވާ ކަމަށެވެ.

ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އެޗްޕީއޭއިން ފިޔަވަަޅުތައް ވަރުގަދަ ކޮށް، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 8.30 އިން ފެށިގެން ފަތިހު 4.30 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކުރީ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކާފިއު ހިންގަން ނިންމިއެވެ.

ނަމަވެސް އޭގެ ފަހުން ފިޔަވަޅުތައް ހަރުކަށިކޮށް އިރުއޮއްސި ހަޔަކުން ހެނދުނު ހަޔަކަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައްވެސް ވަގުތީ ގޮތުން ބަންދުކުރަން އަންގާފައިވާއިރު، ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ކުރު މުއްދަތަކަށް ޒަރޫރީ ބޭނުމެއްގައި އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކަށް ކޮވިޑް-19 އިގެ ނެގެޓިވް ޕީސީއާރު ނަތީޖާއެއް ބޭނުންވާނެކަމަށް އެޗްޕީއޭއިން ހަމަޖައްސާފައިވާއިރު ނާސަރީ އާއި ޕްރީ-ސްކޫލް ހިދުމަތްދޭ ތަންތަން ވަނީ ބަންދުކޮށްފައެވެ. ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އަންގައިފަ އެވެ.

މިހާރުވެސް ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް މަނާކޮށްފައިވާއިރު، ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށްވެސް ވަނީ ނިންމާފައެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުއްވި އެންގުމުގައި ބުނެފައިވަނީ މި ފިޔަވަަޅުތައް ހަފްތާގެ މުއްދަތަށް އިތުރުކޮށްފައިވާ ކަމަށެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކުކުލުގުއި

ރާއްޖެ އަށް ބަލި ގެންނަ މީހުން ކަރަންޓީނު ވާކަށް ނުޖެހޭ ބަލިގެންނަނީ ފަތުރުވެރިން މިމީހުން އަންނަހާ ހިނދަކު މިކަމެއް ނުހުއްޓުވޭނެ 24ގަޑިއިރު އެއްގަމު އުޅަނދު ދުުއްވުން މަނާކޮއް ދިވެހި ރަތްޔިތުން ގޭބަންދު ކޮއްގެން ތިއުޅނީ އެހެން ކަމަކު ވަކި ބަޔެއްގެ ގީބު ބޮޑުކުރަން

ނުޒޫ000

ތިކިޔާ ހަރުކަށި ފިޔަވަޅަކީ ނިކަމެތިންނައް އޮތް ހަރުކަށި ކަމެއް.އެކަން ބޮޑުވަޒީރު ސާބިތު ކޮއްދީފި

ސަރާ1

ވެކްސިން ގެ އަސަރު އެބަކުރޭ

މުހަންމާ00098

ތިޔަކަންކަމައް ލައްކަ ވާހަކަ އެބަހުރި ކިޔަން.އެހެންވީމަ މަތިޖަހާފަ މިބެހެއްޓީ ލީކް ނުވާނެހެން.ކޮވިޑް ދަލަކުން ފިޝަރީޒް މިނިސްޓަރު ޒަހާ ލައްވަ ބާނާފަ މަޖިލީހުގެ ތަޅުމައް ވައްދާ.އެހިސާބުން ކޮވިޑް ގެ ޒަމާން އެދިޔައީ

January
SunMonTueWedThuFriSat
2930311234567891011121314151617181920212223242526272829303112345678