ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކާފިއު ހިންގަނީ

ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ނިންމައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިރެއިން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9 އިން ފަތިހު ހަތަރަކަަށް ކާފިއު ހިންގުމަށް ނިންމާފައިވާ ކަމަަށެވެ. މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެއް ކަމަށްވެސް ބުންޏެވެ. އަދި ޒަރޫރީ ބޭނުމަށާއި ޑެލިވަރީގެ ހިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި އަލުން ކާފިއު ހިންގަން ފަަށާފައި މިވަނީ ކޮވިޑް ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވާން ފެށުމުންނެވެ. މިއަދުވެސް 734 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިދިޔަ ހަތް ދުވަހު ޕޮޒިޓިވް ނަންބަރު ހުރި ގޮތް

  • އޭޕްރީލް 29 - 318 މީހަކު ޕޮޒިޓިވް
  • އޭޕްރީލް 30 - 465 މީހަކު ޕޮޒިޓިވް
  • މެއި 1 - 402 މީހަކު ޕޮޒިޓިވް
  • މެއި 2 - 508 މީހަކު ޕޮޒިޓިވް
  • މެއި 3 - 585 މީހަކު ޕޮޒިޓިވް
  • މެއި 4 - 601 މީހަކު ޕޮޒިޓިވް
  • މެއި 5 - 734 މީހަކު ޕޮޒިޓިވް

ކާފިއުގެ އިތުރުން ގިނަ ފިޔަވަޅުތަކެއް މީގެ ކުރިންވެސް އަޅާފައިވެއެެވެ. އެގޮތުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ހިދުމަތް ދިނުން ވަނީ އޮންްލައިން ކޮށްފައެވެ. އަދި މާލެ ސަރަހައްދުގައި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމާއި ކުޅިވަރުކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުމާއި ކުޅިވަރުކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުންވެސް ވަނީ ހުއްޓުވާފައެވެ.

އަދި ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުންވެސް މަނަލެވެ.

ސިނާއީ މަސައްކަތް ކުރާ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމާއި ކަރަންޓީނަށް ފަހު ޕީސީއާރު ޓެސްޓް ހެދުމާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް ވެސް ވަނީ މެދުކަނޑައިލާފައެވެ.