ޓެކްނޯލޮޖީ

އެންޑްރޮއިޑް 11: ބޭނުންކުރާ ރޭޓް އިތުރުވަނީ

ގޫގުލް އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމްގެ އާ އަދަދުތައް ވައިގައި ހިފަނީ ވަރަށް ދުވަހުންނެވެ. އާ އަދަތުތައް ބޭނުން ކުރަން މީހުން އެވަރަކުން ނޫޅެ އެވެ. ފޯނުގެ އޮޕަރޭޓިން ސިސްޓަމް އާކޮށް އެންޑްރޮއިޑްގައި ހުރި ކުޅަދާނަކަމާ މެދު ގިނަ ބަޔަކު ވާހަކަ ނުދައްކަ އެވެ. އެހެން ނަމަވެސް ސްޓެޓްކައުންޓާ ބުނާ ގޮތުން އެންޑްރޮއިޑް 11 ބޭނުން ކުރަމުން އަންނަ ރޭޓް ތަފާތެވެ.

ސްޓެޓްކައުންޓަރުން ބުނަނީ އެންޑްރޮއިޑް އަދަދުތަކުގެ ތެރެއިން އެންމެ އަވަހަށް ބޭނުންކުރާ ނިސްބަތް އިތުރުވަމުން އަންނަނީ އެންޑްރޮއިޑް 11 ކަމަށެވެ. އެންޑްރޮއިޑް ސްމާޓްފޯން މާކެޓްގައި 25 ޕަސެންޓަކީ އެންޑްރޮއިޑް 11 ކަމަށެވެ. މި އަދަދު ނަގާފައި ވަނީ އެންޑްރޮއިޑް ޓެބްލެޓާއި ސްމާޓް ޑިވައިސްތައް ވެސް ހިމަނައިގެންނެވެ. ގޫގުލް އިން އެންޑްރޮއިޑް 11 އާންމު މާކެޓަށް ނެރުނީ ސެޕްޓެމްބަރު 8، 2020 ގަ އެވެ.

އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް އަދަދުތަކަކަށް ބަހާލައިގެން ނެރެމުން އަންނައިރު އެންމެ އަވަހަށް ބޭނުން ކުރުން އިތުރުވެފައި ވަނީ އެންޑްއޮރިޑް 10 ކަމަށް ގޫގުލްއިން ބުނެ އެވެ. ހަމައެކަނި އެމެރިކާއަށް ބެލި ނަމަވެސް 33 ޕަސެންޓް ޑިވައިސްތަކުގައި އެންޑްރޮއިޑް 10 މިހާރު ވެސް ބޭނުން ކުރެވެ އެވެ. ދުނިޔޭގެ ނިސްބަތުން 41 ޕަސެންޓް އެންޑްރޮއިޑް 10 ހިއްސާކުރެ އެވެ.

އެންޑްރޮއިޑް 11 ބޭނުން ކުރަމުން އަންނަ ނިސްބަތް ހޯދާ ބަލާފައި ވަނީ ޕްރައިވެޓް ރިސާޗް ފާމަކުންނެވެ. މިއީ ސީދާ ގޫގުލްގެ ރަސްމީ ނިންމުމެއް ނޫނެވެ. އެންމެ އަވަހަށް ބޭނުންކުރާ ރޭޓް އިތުރުވެފައި ވަނީ އެންޑްރޮއިޑް 10 ކަމަށް ގޫގުލްއިން މީގެ ކުރިން ބުނީ ނަމަވެސް އެންޑްރޮއިޑް 11 އާ އަޅާކިޔައި އެއްޗެއް ބުނެފައި ނުވެ އެވެ.

ގޫގުލްއިން މިހާރު އެންޑްރޮއިޑް 12 އުފައްދަމުން އަންނައިރު، ބީޓާ މަރުހަލާތައް ނިންމަން އަދި އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ބުނެވެ އެވެ.