އެޑްވަޓޯރިއަލް

ސްލިމް ފިޓިން: އަކްފިކްސް ބްރޭންޑް ތައާރަފުކޮށްފި

Mar 11, 2021

ޗާންދަލިޔާގެ ހާޑްވެއާ ސާމާނު ވިއްކާ ސްލިމް ފިޓިން އިން މަޝްހޫރު "އަކްފިކްސް" ބްރޭންޑް ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.

އަކްފިކްސްއަކީ ޔޫރަޕްގެ ގައުމުތަކުގައި މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. ދެހާސް އެއްވަނަ ވަނަ އަހަރު އުފެއްދި މި ބްރޭންޑުގައި އީކޯ-ފްރެންޑްލީ ކެމިކަލް ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ބާވަތްތައް ހިމެނެ އެވެ. އަދި މިއީ ރާއްޖޭގައި ވެސް މަގުބޫލުކަން އޮތް އިތުބާރު ބްރޭންޑެކެވެ.

އަކްފިކްސް އިން ރާއްޖެއަށް ތައާރަފްކުރި ޕްރޮޑަކްޓްސްގެ ތެރޭގައި އެދޭސިވް އަދި ތެރެސް، ސީލެންޓްސް އަދި ސިލިކޯން، ޕީޔޫ ފޯމްސް، ޓެކްނިކަލް އެރޯސަލްސް، ވޯޓާޕްރޫފް ކުރުމަށް ބޭނުންކުރާ ކެމިކަލާއި އިންސިއުލޭޓް ކުރުމަށް ބޭނުންކުރާ ކެމިކަލް އާއި ފޯމް، އޮޓޯމޯޓިވް އާފްޓާ ކެއާ ޕްރޮޑަކްޓްސްގެ އިތުރުން ސްޕްރޭ ޕެއިންޓް ހިމެނެ އެވެ.

އަކްފިކްސް އަކީ އިމާރާތްކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތްތަކުގައި ދާއިމީ ހައްލެއް ގެނެސްދިނުމަށް ވަރަށް ބޮޑު ރޯލެއް ކުޅެދޭ ބްރޭންޑެކެވެ. މީގެ އިތުރުން ކްރާފްޓް މަސައްކަތް ކުރާ ފަރާތްތަކަށާއި، ލަކުޑީގެ މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ތެރަސް ވެސް ލިބެން ހުރެ އެވެ.

ސްލިމް ފިޓިން އަކީ މިހާރުވެސް މަޝްހޫރު އެތައް ބްރޭންޑެއްގެ ސޯލް ޑިސްޓްރިބިއުޓާއެވެ.

ދިވެހިންގެ މަގުބޫލު ހޫނުފެނަށް ހާއްސަ ސްލިމް ބްރޭންޑްގެ ހޮޅިއާާއި ފިޓިންގްސް އިތުރުން ޖަރުމަނުގެ ޕަވަޓޫލްސް އަދި ހޭންޑް ޓޫލްސް އަށް ހާއްސަ ރޮނިކްސް ބްރޭންޑް، ޖަރުމަނުގެ ޝަވަރާއި އިސްކުރަށް ހާއްސަ ޑީއެންޑްކޭ ބްރޭންޑް އަދި ލެޑް ލައިޓަށް ހާއްސަ ކެއު ބްރޭންޑް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެ ނޫންވެސް ގިނަ ބްރޭންޑެއްގެ ޕްރޮޑަކްޓް ހޯލްސޭލް އަދި ރީޓޭލްކޮށް ސްލިމް ފިޓިން އިން ލިބެ އެވެ.