މޫސުން

މިރޭވެސް ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ

މިއަދާއި މިރޭ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަގައި މިދިއަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ސ. ހިތަދޫ ސަރަހައްދަށް ކަަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން އިން ބުނެފި އެވެ.

އެ އިދާރާ އިން ބުނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 ޖެހުމާ ހަމައަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރިކޯޑް ކުރެވިފައި ވަނީ ސ. ހިތަދޫ ސަރަހައްދަށެވެ.

މުސޫމާބެހޭ އިދާރާގެ ރިކޯޑްތަކުން ދައްކާ ގޮތުގައި ސ. އަތޮޅަށް 45.4 މިލިލީޓަރުގެ ވާރޭ ވެހިފައި ވެއެވެ. ދެން އެންމެ ގިނައިން ވާރޭވެހުނީ ގއ. އަތޮޅަށެވެ. އެއީ 28.8 މިލިލީޓަރަށެވެ. މާލޭ ސަރަހަށްދަށް ވާރޭ ވެހިފައި ވަނީ 9.8 މިލިލީޓަރަށެވެ.

މެޓުން ބުނާ ގޮތުގައި މިއަދާއި މިރޭ ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެ އެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް ފޯކާސްޓް ކޮށްފައި ވެއެވެ. އެ އިދާރާގެ ވެދާ ފޯކާސްޓްގައިވާ ގޮތުން އިރާއި އިރުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވާނެ އެވެ.

މޫސުން ގޯސްވެ ކުރި ވިއްސާރާގައި ރާއްޖޭގެ ބައެއް އަތޮޅު ތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެ އެލާޓް ނެރެފައި ވަނީ ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ކަމަށެވެ.