ހަބަރު

އަދީބުގެ އިސްތިއުނާފު މަޖިލިސް ވެސް ދޫނިދޫގައި

Nov 1, 2015
2

ރިޔާސީ ލޯންޗް ކޮޅު، "ފިނިފެންމާ" ގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށް 15 ދުވަހުގެ ބަންދުގެ މުއްދަތުޖެހި މައްސަލައިގެ އަޑު އެހުމުގެ ޝަރީއަތަށް ނައިބު ރައީސް އަހުމަދު އަދީބ މާލެ ނުގެނެސް ދޫނިދޫގައި އެ މައްސަލަ ކުރިޔަށް ގެންދާ ގޮތަށް ހަމަޖައްސައިފި އެވެ.

އަދީބުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވީ މިއަދު ހަވީރު 5:00 ޖަހާއިރަށް އަޑު އެހުން ތާވަލްކޮށްފައި އޮތް މައްސަލައިގެ އަޑު އެހުން ދޫނިދޫގައި ބާއްވާތީ އެ މަޖިލީހަށް ވަޑައިގަތުމަށް މިހާރު ތައްޔާރުވެ ވަޑައިގެން ހުންނެވި ކަމަށެވެ.

"ކޯޓް ހުރި ތަނަކަށްދޭ ވަކީލު ދާންޖެހޭނީ. ދޫނިދޫގައި ޝަރީއަތް ހިންގާތީ އެ ރަށަށްދާން ރެޑީވެގެން މިހާރު މިހުރީ،" އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން ނައިބު ރައީސް އަދީބުގެ ބަންދުގެ މުއްދަތު ޖަހާފައި ވަނީ ވެސް އެމަނިކުފާނު މާލެ ނުގެނެސް ދޫނިދޫގައި ބަހައްޓައިގެން ވީޑިއޯ ކޮންފަރެސް މެދުވެރިކޮށެވެ. މިއަދު ވެސް ގެންދާނީ އެގޮތަށެވެ.