ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

އަންބަރާއަށް ދިޔަ 95 މީހަކު ޖޫރިމަނާ ކޮށްފި

ވ. އަންބަރާއަށް ދިޔަ 95 މީހަކު އަތުލައިގަނެ ޖޫރިމަނާ ކޮށްފި އެވެ. އެ މީހުން އަތުލައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ އަންބަރާއިން ޖޫރިމަނާ ކުރި މީހުންނަކީ އެޗްޕީއޭގެ ރައްކާތެރިކަމުގެ މިންގަނޑާ ހިލާފަށް އެރަށް ދިޔަ ބައެއް ކަމަށެވެ. އެމީހުން ހައްޔަރު ނުކުރާ ކަމަށާ ޖޫރިމަނާ ކުރުމަށް ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަންބަރާއިން އަތުލައިގަތް މީހުން ތިބީ މަސްތުވާތަކެތި ބޭނުން ކުރަން ކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކުރި ނަމަވެސް ފުލުހުން އެކަން ދޮގު ކުރެއެވެ. ފުލުހުން ބުނީ އެއިން އެއްވެސް މީހެއްގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތު ކުރެވިފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަަށް އަޅާފައިވާ ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުންވެސް ބޯލެނބުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.