އެކްސިޑެންޓް

އޭސީއެއް ހަރުކުރަން އުޅުނު ދެމީހަކު ޒަހަމް ވެއްޖެ

Mar 13, 2021
2

ކްރިމިނަލް ކޯޓު ގޯތި ތެރޭ އޭސީއެއްގެ އައުޓްޑޯ ޔުނިޓް ހަރު ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ދެ މީހަކު އައުޓްޑޯ ޔުނިޓާއެކު ވެއްޓި ޒަހަމް ވެއްޖެ އެވެ.

މި ހާދިސާގައި އަނިޔާ ލިބިފައި ވަނީ ދިވެއްސަކަށާއި ބިދޭސީ އަކަށެވެ. އަނިޔާވި އެ ދެމީހުންނަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.

ޒަހަމްވީ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް ސާފުކޮށެއް ނުދިނެވެ.