ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދައުލަތުގެ އާމްދަނީ

ޑޮލަރުގެ އާމްދަނީ 28 ޕަސެންޓް ދަށަށް

Mar 14, 2021

ޓޫރިޒަމް ރަނގަޅުވީ ނަމަވެސް މި އަހަރު ޑޮލަރުން ދައުލަތަށް ލިބޭ އާމްދަނީ 28 ޕަސެންޓް ދަށްވެފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

މި އަހަރުގެ ފުރަތަމަ ދެ މަހުގެ މައްޗަށް ބިނާކޮށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމު ކުރި ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޑޮލަރުގެ އާމްދަނީއަށް ލިބުނީ 87 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަސް އެއްކޮށް ބަލާނަމަ 122 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެހެންވެ މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 28 ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ މަސް ވަކިން ބަލާނަމަ ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 41 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރު 57 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ޑޮލަރުގެ އާމްދަނީ ދަށްވެފައިވާއިރު، ކޮވިޑް-19 ގެ ސަބަބުން ޑޮލަރު ވަންނަ މައި ސިނާއަތް ކަމަށްވާ ޓޫރިޒަމް ދަށްވުމުގެ ސަބަބުން ރާއްޖޭގައި އުފެދިފައިވާ ޑޮލަރުގެ ކަޅުބާޒާރުގެ އަގުތައް އިންތިހާއަށް މައްޗަށް ދިޔަ އެވެ. ބޯޑަރު ބަންދު ކުރުމާއެކު ޑޮލަރުގެ 20ރ. އަށް އެރި އެވެ. ނަމަވެސް މިހާރު 16.75ރ. އަށް ތިރިވުމަށްފަހު އަނެއްކާވެސް ވަނީ 17ރ. އަށް މައްޗަށް ޖެހިލާފަ އެވެ.