ބޭންކް އޮފް މޯލްޑިވްސް

ނަޑެއްލާ ކުޅީގައި ޕާކެއް، ބީއެމްއެލްގެ އެހީ

Mar 14, 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ. ނަޑެއްލާ ކުޅީގައި އިކޯ ޕާކެއް ހަދައިފި އެވެ.

މި ޕްރޮޖެކްޓަކީ ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑުސް) އިން އިސް ނަގައިގެން ބީއެމްއެލް އިން ކޮށްދިން ކަމެވެ.

ނަޑެއްލާގެ "ގޮނާނިގިލި ކުޅީގައި އެކޯ ޕާކެއް ހެދީ، މި ކުޅީގެ ގުދުރަތީ ރީތިކަން އާއްމުންނަށް ފަސޭހައިން ބަލާލައި ހިތް ހަމަޖައްސާލާނެ މާހައުލެއް ގާއިމްކޮށްދިނުމާއެކު ކުޅީގެ ގުދުރަތީ ރީތިކަން އަންނަންއޮތް ޖީލުތަކާ ހަމަޔަށް ދަމަހައްޓާ އެތަނުގެ މައުލޫމާތު ޒިޔާރައްކުރާ މީހުންނަށް ދިނުމުގެ މަގުސަދުގަ އެވެ.

ނަޑެއްލާގެ "ގޮނާނިގިލި " ކުޅީގައި އެކޯ ޕާކެއް ހެދީ، މި ކުޅީގެ ގުދުރަތީ ރީތިކަން އާއްމުންނަށް ފަސޭހައިން ބަލާލައި ހިތް ހަމަޖައްސާލާނެ މާހައުލެއް ގާއިމްކޮށްދިނުމާއެކު ކުޅީގެ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމަޔަށް ދަމަހައްޓާ އެ ތަނުގެ މައުލޫމާތު ޒިޔާރައް ކުރާ މީހުންނަށް ދިނުމުގެ މަގުސަދުގަ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން އެ ކުޅީގައި ވިއުވިން ޕްލެޓްފޯމަކާއި ކުޅި ހިމެނޭ ސަރަޙައްދުގައި ފަސް ބެންޗާއި ފަސް ޑަސްބިން ބަހައްޓައި ފަސް ސޯލާ ބައްތިވަނީ ހަރުކޮށްފައިވެ އެވެ. ގދ. ނަޑެއްލާގެ އީކޯ ޕާކު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށްފަހު އެތަން ބެލެހެއްޓުމަށް ވަނީ ރަށު ކައުންސިލާ ހަވާލުކޮށްފަ އެވެ.

މަސައްކަތް ކުރީ ހިލޭ ސާބަބަށް

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ނަޑެއްލާގެ ޖަމިއްޔާއެއް ކަމަށްވާ ނިޑުސް އިން ބުނީ އެ ޖަމިއްޔާގެ ވޮލަންޓިއަރުންނާއި ރަށު ތެރެއިން މި މަސައްކަތަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވި ދަރުމަވެރންނަށާއި ނަޑެއްލާގެ ހެޔޮއެދޭ ފަރާތްތަކަށް އިހްލާސްތެރިކަމާއެކުގައި ކަމަށެވެ. އަދި އެ މަސައްކަތް ކޮށްދިން ފަރާތް ތަކަށް އެ ޖަމިއްޔާއިން ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.

ބީއެމްއެލް އިން 2019 ވަނަ އަހަރު ތައާރަފްކުރި ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގައި އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ.