ވައްކަން

ފަތަހައިގެ ފިހާރައެއް ފަޅާލައިފި

Mar 15, 2021
1

މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ފަތަހައިގެ ފިހާރައެއް ފަޅާލައި ވައްކަން ކޮށްފި އެވެ.

ފުލުހުން ބުނީ އޯކިޑް މަގުގައި ހުންނަ "ފަތަހަ ސްޓާ" ފަޅާލައި ވައްކަން ކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިއަދު 9:11 ހާއިރު އެވެ.

ފުލުހުން އެ މައްސަލަ ބަލަމުން އަންނައިރު، އެ ފިހާރައިން ވަގަށް ނަގާފައި ވަނީ އެ ފިހާރައިގެ ހޮޓްލައިންގެ ގޮތުގައި ބޭނުން ކުރާ ފޯނަކާއި 700 ރ. އެވެ. ދެން ވަގަށް ނަގާފައިވަނީ އެއްޗެއްސަކީ ކޮބައިތޯ ދަނީ ބަލަމުންނެވެ.

މި މާޗް މަސް ފެށުނު ފަހުން މާލެ އާއި ހުޅުމާލޭގައި ވައްކަމުގެ ގިނަ އަދި ބޮޑެތި މައްސަލަތައް އައިސްފައިވާއިރު ގިނަ އަދަދެއްގެ ފިހާރައަށް ވަގުން ވަދެ އެތަންތަން ފަޅާފައި ވެއެވެ.