ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

އިދިކޮޅު 25000ރ، އެމްޑީޕީ 5000ރ، ގެ ޖޫރިމަނާ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިނާ ހިލާފު ވެެގެން ތިން ޕާޓީއެއް ޖޫރިމަނާކޮށްފައިވާއިރު ޕީޕީއެމް، ޕީއެންސީ 25000 ރ. އިން އަދި އެމްޑީޕީ 5000 ރ. އިން ޖޫރިމަނާކޮށްފި އެވެ.

ފުލުހުން ބުނީ އިދިކޮޅު ކޯލިޝަން އެހާ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނީ ތަކުރާރުކޮށް އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފުވެފައި ވާތީ ކަމަށެވެ.

އިދިކޮޅު ދެ ޕާޓީ ޖޫރިމަނާ ކޮށްފައިވާއިރު ގައިޑްލައިނާ ހިލާފަށް ކޮންމެ ހުކުރު ދުވަހަކު އިދިކޮޅު ކޯލިޝަނުން ދަނީ އެއްވުންތައް ބާއްވަމުންނެވެ. މިދިޔަ ހުކުރު ދުވަހު އެމްޑީޕީންވެސް ވަނީ ހުޅުމާލޭގައި އިވެންޓެއް ބާއްވާފަ އެވެ. އެއީ ހުޅުމާލޭގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވަން ބޭއްވި އިވެންޓެކެވެ.

ރައީސް މުހައްމަދު ނަޝީދުވެސް ބައިވެެރިވެވަޑައިގެންނެވި އެ ބައްދަލްވުމުގައި އެޗްޕީއޭގެ އުސޫލާއި ހިލާފަށް ގިނަ ބަޔަކު ބައިވެރިވިއެވެ. އެ އިވެންޓް ހުއްޓުވަން ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ. ފާޑުކިޔުން އަމާޒުވުމުން އެމްޑީޕީން ބުނީ އިވެންޓް ބޭއްވީ އެޗްޕީއޭގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި އެޕާޓި އިން ވަނީ ހުއްދައިގެ ލިޔުމެއްވެސް އާންމުކޮށްފަ އެވެ.