ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިބްރާހިމް ޝަރީފު

އެޗްޕީއޭ ޖޫރިމަނާ ކުރަން ގޮވާލައްވައިފި

އެއްވެސް އިންތިޒާމެއް ނެތި ޒިންމާދާރުކަން ކުޑަގޮތަކަށް އަމަލުތައް ހިންގާތީ އެޗްޕީއޭ ޖޫރުމަނާ ކުރަން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ގޮވާ ލައްވައިފި އެވެ.

ޝަރީފް މިހެން ގޮވާލެއްވީ އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފު ވުމުން އެމްޑީޕީ އާއި ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ގައިޑުލައިނާއި ހިލާފުވެފަ ވާތީ އެމްޑީޕީ ޖޫރިމަނާ ކޮށްފައިވަނީ 5000ރ އިންނެވެ.

އެޗްޕީއޭގެ އިންތިޒާމުތަކަށް ފާޑުވިދާޅުވެ އެ އިދާރާ ޖޫރިމަނާ ކުރުމަށް ޝަރީފް ގޮވާލެއްވީ އެޗްޕީއޭގެ ގައިޑްލައިންގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބޭ ގެއްލުންތަކަށް ހައްލެއް ހޯދައިދޭން ގޮވާލައި އިދިކޮޅު ޕީއެންސީގެ މެންބަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައެވެ.

ޝަރީފް ވިދާޅުވީ ވެކްސިން ދިނުމުގައި އެޗްޕީއޭގެ އެއްވެސް އިންތިޒާމެއް ނެތް ކަމަށާއި ވެކްސިން ދިނުމަށް ގާއިމްކޮށްފައިވާ މަރުކަޒުތަކުގައި ކިއުތައް ހަދާ މީހުންތައް ތިބެނީ ގައިގޮޅިވެގެން ކަމަށެވެ. އަދި ކިއޫގައި ތިބޭ މީހުން އެހެން ތިބެނީ އެޗްޕީއޭގެ
އިންތިޒާމެއް ނެތުމުން ކަމަށާއި އެ އިދާރާ ޖޫރިމަނާ ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.