އުތުރު ތިލަ ފަޅު

ދައުރުވަނީ އުތުރުތިލަފަޅުގެ އެއްބަސްވުމެއް ނޫން: ސަރުކާރު

Mar 15, 2021
3

އުތުރު ތިލަފަޅު ތަރައްގީ ކުރަން އިންޑިޔާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުން ލީކް ނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ. ސަރުކާރުން އެހެން ބުނި އިރު އެ އެއްބަސްވުން ކަމަށް ބުނާ ޑޮކިއުމެންޓެއް ދައުރުވަމުން ދެއެ އެވެ. ސަރުކާރުން ބުނެފައި ވަނީ އެއީ ސައްހަ ޑޮކިއުމެންޓެއް ނޫން ކަމަށެވެ.

އުތުރުތިލަފަޅުގައި ބަނދަރަކާއި ޒަމާނީ ނޭވަލް ޑޮކްޔާޑެއް ތަރައްގީކުރަން އިންޑިއާއާއެކު ރާއްޖެއިން ސޮއިކުރީ މިދިއަ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ.

ދައުރުވާ ޑޮކިއުމެންޓް ބުނާ ގޮތުގައި އިންޑިއާގެ އަސްކަރީ ފަރާތްތަކަށް އުތުރު ތިލަފަޅުގައި ހަތިޔާރާއެކު ތިބެވޭނެ އެވެ. އަދި އެ އެ މީހުނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ފުރިހަމައަށް ދިވެހި ސަރުކާރުން ފޯރުކޮށްދޭންޖެހެ އެވެ. އެ އެތާނގައި އެހެން ފަރާތަކުން ވިޔަފާރީ ބޭނުމެއްވެސް އަދި އެހެން ބޭނުމެއް ކުރާނަމަވެސް އިންޑިޔާއާ މަޝްވަރާކޮށް ހުއްދަ ހޯދަން ޖެހޭނެ އެވެ.