ބޮލީވުޑް

އަރްޖުން ކަޕޫރު ހުސްކޮށް، ލޯތްބެއް ފަށަން ތައްޔާރު!

Nov 2, 2015

ޒުވާން ތަރި އަރްޖުން ކަޕޫރު ދެހާސް ބާރަ ވަނަ އަހަރު ނިކުތް "އިޝަކްޒާދޭ" އިން ބޮލީވުޑަށް ތައާރަފުވި ފަހުން އޭނާ ކުޅުނު ހުރިހާ ފިލްމެއްގައި ހެން ކަހަލަ ގޮތަކަށް ހަރަކާތްތެރިވި ބަތަލާއިންނާއި އޭނާއާއި ވަނީ އަޅުވާ ކިޔާފަ އެވެ.

މިފަހުން އަރްޖުން އާއި ސްރީލަންކާގެ ބަތަލާ ޖެކުއަލީން ފާނެންޑޭޒް އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް އަޑުތަކެއް އެރި ނަމަވެސް އަރްޖުން ވަނީ އޭނާ ހުސްހަށިބައި ކަމަށް ބުނެފަ އެވެ.

މީގެކުރިން އަރްޖުން އާއި އޭނާއާއެކު "2 ސްޓޭޓްސް" އިން ފެނިގެންދިޔަ ބަތަލާ އާލިއާ ބަޓް އާއި ލޯބީގެގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުއެރިތާ ދުވަސްކޮޅެއް ފަހުން، މިއަހަރުގެ ކުރީކޮޅު ވަނީ ސޮނާކްޝީ ސިންހާ އާއި އަރްޖުން އާއި ގާތް ގުޅުމެއް އޮންނަ ކަމުގެ އަޑުތަކެއް ވެސް އަރާފަ އެވެ.

މިހާރު ލޯބީގެ ގޮތުން އެއްވެސް މީހަކާއި ގުޅިގެން ނޫޅޭ ކަމަށް ބުނަމުން އަރްޖުން ވަނީ މިހަކާއި ލޯބީގެ ގޮތުން ގުޅެން މިހާރުވެސް ތައްޔާރު ކަމަށާއި ނަމަވެސް ކައިރި މުސްތަގްބަލެއްގައި ކައިވެނިކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

އިތުރަށް އަރްޖުން ވަނީ އަދި އޭނާ ވަރަށް ޒުވާން ކަމަށާއި އެހެންކަމުން ކައިވެނިކުރުން އަދި ތަންކޮޅެއް އަވަސް ކަމަށް ބުނެފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ލޯބީގެ ގޮތުން މީހަކާއި ގުޅުނަސް އެކަމުގެ ސަބަބުން އޭނާގެ މަސައްކަތައް ބުރުލެއް އަރައިގެން ވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

އަރްޖުން ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ކީ އެންޑް ކާ" ގައި ކަރީނާ ކަޕޫރާ އެކު އެވެ.