އެޑްވަޓޯރިއަލް

އަމާނާ ތަކާފުލްގެ ރެންޓާސް ތަކާފުލް ވަރަށް މުހިންމު

Mar 16, 2021

ތަނެއް ކުއްޔަށް ހިފާއިރު ގޭގެ ވެރިފަރާތުން އިމާރާތް އިންޝުއަރެންސް ކޮށްފައިކަން އެނގުމުން ކުއްޔަށް ހިފާ ގިނަ މީހުން ގެއަށް ވައްދާ ސާމާނު އިންޝުއަރެންސް ކުރާކަށް ނުވިސްނަ އެވެ. ފަހަރެއްގައި ކުއްޔަށް ހިފާ ބޭފުޅުން އިންޝުއަރެންސް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ހީވެފައި އޮވެދާނެ އެވެ. މިއީ އަދި މުޅިން ރަނގަޅު ހީއެއް ނޫނެވެ.

އާންމުކޮށް އިމާރާތުގެ ވެރި ފަރާތުން ނަގާފައިވާ ފަޔާ އިންޝުއަރެންސްގެ ދަށުން ގޭގައި ހިފާ ގެންގުޅޭ ސާމާނު ކަވަރެއް ނުކުރާނެ އެވެ. މި ފަދަ އިންޝުއަރެންސްގެ ދަށުން ކަވަރު ކުރާނީ އިމާތާރާއި އިލެވޭޓަރު، ޕަންޕު ފަދަ އިމާރާތުގައި އާންމުކޮށް ހަރުކޮށްގެން ބޭނުންކޮށް އުޅޭ ތަކެއްޗެވެ.

އާންމު އިންޝުއަރެންސްގެ ދަށުން، ވެރި ފަރާތް ކަމުގައި ވިޔަސް ކުއްޔަށް އުޅޭ ފަރާތް ކަމަށް ވިޔަސް ހިފާގެންގުޅޭ ތަކެއްޗާއި އަމިއްލަ ތަކެތި އެ އިންޝުއަރަންސުން ކަވަރެއް ނުކުރާނެ އެވެ.

އެހެން ވެއްޖެއްޔާ ބޮޑު އަގު ދީފައި ކުއްޔަށް ހިފާ ފަރާތުން ގެއަށް ގަންނަ ސާމާނާއި އަމިއްލަ ސާމާނު ރައްކާތެރި ކުރެވޭނެ ޕްލޭނެއް ކޮބައި ހެއްޔެވެ؟

މާލޭ ސަރަހައްދުގައި ކުއްޔަށް އުޅޭ ފަރާތްތަކަށް ހާއްސަ ކޮށްގެން އަމާނާ ތަކާފުލް އިން ވަނީ މިފަދަ ޕްލޭންއެއް ތައާރަފު ކޮށްފައެވެ. އެއީ "ރެންޓާސް ތަކާފުލް" އެވެ. ރެންޓާސް ތަކާފުލް ކަވަރުގެ ދަށުން ގޭގައި ގެންގުޅޭ ސާމާނާއި އަމިއްލަ ސާމާނު، ފަރުނީޗަރާއި ޓީވީ އަދި ކާޕެޓު، ދޮރުފޮތި އަދި ކަރަންޓު ސާމާނުތަކަށް ދިމާވާ އެކިއެކި ހާދިސާ ތަކުން ލިބޭ ގެއްލުމަށް ބަދަލު ލިބެ އެވެ.

މި ކަވަރޭޖު ޕްލޭންގައި ހިމެނޭނީ އަލިފާނުގެ ހާދިސާ ހިނގައިގެން ލިބޭ ގެއްލުން އެކަންޏެއް ނޫނެވެ. މި ޕްލޭންގެ ދަށުން މަދަނީ ބަސް ނޭހުމާއި ވައްކަމާއި ގުދުރަތީ ކާރިސާ ތަކުން މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު ވެސް ނަގައި ދެވޭނެ އެވެ.

ރެންޓާސް ތަކާފުލް އިން ބަދަލު ލިބޭ މި ކަވަރޭޖަށް ދައްކަން ޖެހޭ އަހަރީފީ އަކީ ކުޑަ އަގެކެވެ. އެންމެކުޑަ ޕެކޭޖުގެ އަގަކީ 299ރ އެވެ. މި ޕެކޭޖުން 200،000ރ. ރުފިޔާއާ ހަމައަށް ސާމާނު ކަވަރު ކުރެވިދާނެ އެވެ. މިއީ އިންޝުއަރެންސް ކުންފުންޏަކުން މިހާ ކުޑަ އަގެއްގަ ވިއްކާ އިންޝުއަރަންސެވެ.

މި ޕެކޭޖު އަމާނާ ތަކާފުލްގެ ވެބްސައިޓް މެދުވެރިކޮށް ވަގުތުން ބައްލަވައިގަތުމަށް [ލޮގިން] (https://www.takaful.mv/getRentersTakafulProposal) ކުރާށެވެ. މި ޕްލޭން ނެގުމަށް ގެންގުޅޭ ސާމާނުގެ ޕޮޓޯއެއް އަޕްލޯޑު ކުރާކަށް ވެސް ނުޖެހޭނެ އެވެ. އަދި، ވަކިވަކިން ކޮންމެ އައިޓަމެއްގެ އަގު ޖަހާކަށް ވެސް ނުޖެހޭނެ އެވެ.

ޕެކޭޖު ނަގާ ފަރާތްތަކުން ހާދިސާ އެއް ދިމާވެގެން ކްލެއިމް ކުރުމަށް ވެސް ފަސޭހައެވެ. އަމާނާތަކާފުލްގެ މޮބައިލް އެޕްލިކޭޝަންގައިވާ ކްލެއިމް ފީޗާއިން ކްލެއިމް ހުށަހެޅޭނެ އެވެ. ރެންޓާސް ތަކާފުލްއާ ބެހޭ އިތުރު މައުލޫމާތު އަމާނާ ތަކާފުލްގެ ހޮޓްލައިން 9923232 އިން ލިބެ އެވެ.