އެސްޓީއޯ

އެސްޓީއޯގެ އައްޑޫ ފިހާރައެއް ފަޅާލައި 7000 ވަގަށް ނަގައިފި

Mar 17, 2021
1

ސ. މަރަދޫ ފޭދޫގައި ހުންނަ އެސްޓީއޯގެ ފިހާރައެއް ފަޅާލައި ފައިސާތަކެއް ވަގަށް ނަގައިފި އެވެ.

ރޭ އެ ރަށުގައި ވައްކަން ކުރީ އެސްޓީއޯ ފިހާރައިގެ ތިޖޫރީ ހަލާކު ކޮށްލައިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި ރޭ ފަތިހު އެ މައްސަލަ ފުލުހަށް އެންގުމުން ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ ފިހާރައިން ވަގަށް ނަގައިފައިވާ ކަމަށް ބެލެވެނީ 7000ރ. ކަމަށެވެ.

މައްސަލަ ތަހުގީގް ކުރުމުންދިޔަ ނަމަވެސް ތުހުމަރަށް އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.