ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ހާއްސަ ހާލަަތްތަކުގައި މިވަގުތު ދެވަނަ ޑޯޒް ދެވޭނެ: އެޗްއީއޯސީ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ދެވަނަ ޑޯޒްގެ ވެކްސިން ދެނީ ހާއްސަ ހާލަތްތައް ދިމާވާ ފަރާތްތަކަށް އެކަނި ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީ އިން ބުނީ މިވަގުތު ދެވަނަ ޑޯޒް ޖަހައި ދެނީ އެމެޖެންސީކޮށް ފުރަންޖެހޭ ހާލަތެއް މެދުވެރިވެފައިވާ މީހުންގެ ތެރެއިން އަށް ހަފުތާ ތެރޭގައި މާލެ ނާދެވޭނެ މީހުންނަށެވެ. މި ހާލަތުގައި ވެކްސިން ދެވޭނީ އެކަމާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ހުށަހެޅުމުން ކަމަށް ވެސް އެޗްއީއޯސީ އިން ބުންޏެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ދޭން ނިންމާފައި ވަނީ ފުރަތަމަ ޑޯޒް ދޭތާ އަށް ހަފުތާ ފަހުންނެވެ. ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ މީހުން ފިޔަވައި އިތުރު ފަރާތްތަކަށް މާލެ ސަރަހައްދުގައި ފުރަތަމަ ޑޯޒްގެ ވެކްސިން ޖަހައިދިނުން މި ހަފްތާގެ ހޯމަ ދުވަހު ވަނީ ހުއްޓާލައިފަ އެވެ.

އެޗްއީއޯސީން ބުނީ މިހާރު ދެވަނަ ޑޯޒް ފަށަން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ޖަހައިދެމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ދެ ލައްކައަށްވުރެ ގިނަ މީހުން ވަނީ ޖަހައިފަ އެވެ. ފުރަތަމަ ޑޯޒް މިހާރު ޖަހައިދެމުން އަންނަނީ އަތޮޅުތަކުގައި އެކަންޏެވެ.

މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ހުއްޓާލިއިރު 121،630 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ. އަތޮޅުތަކުން 93،856 މީހަކަށް ވެކްސިން ދީފައިވެ އެވެ.