ވ. ފެލިދޫގައި އަލަށް ހަދާ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފި އެވެ.
ސްޓެލްކޯ އިން ފެލިދޫގައި ހަދާ އިންޖީނުގެއަކީ ރާއްޖޭގައި އަޅާ އެންމެ ފެންވަރު ރަނގަޅު އިންޖީނުގެ ތަކުގެ ތެރޭގައި ހިމެނޭނެ އިންޖީނުގެ އެކެވެ. މި އިންޖީނުގެއަކީ މުޅިން އާ ޒަމާނީ ވަސީލަތްތަކާއެކު ހަތަރު މެގަވޮޓްގެ ކެޕެސީޓީ ގާއިމް ކުރެވޭ ގޮތަށް އަޅާ އިންޖީނުގެ އެކެވެ.
މި އިންޖީނުގޭގެ ތިރީބައި ހާއްސަ ކޮށްފައި ވަނީ ކަސްޓަމާ ސާވިސްގެ ހިދުމަތް ތަކަށެވެ. އަދި ފުރަތަމަ ފްލޯ ހާއްސަކޮށްފަ ވަނީ މުވައްޒފުންގެ ހުނަރު އިތުރުކުރުމަށް ބާއްވާ އޮންލައިން ޓްރެއިނިންތައް ދިނުމާއި މީޓިންތައް ބޭއްވޭ ގޮތަށެވެ. އަދި ކޮވިޑްގެ ތަޖުރިބާ އަށް ބަލާ ދެވަނަ ފަންގި ފިލާ އިމާރާތް ކުރާނީ ކާރިސާ އެއްގެ ހާލަތެއް ދިމާވެއްޖެ ނަމަ މުވައްޒަފުންނަށް ލޮކްޑައުން ވާން އިންތިޒާމްތަކާއި އެކުގަ އެވެ.
ސްޓެލްކޯ އިން މި އިންޖީނުގެ ފަރުމާ ކުރާނީ ތިމާވެއްޓާއި ރަހުމަތްތެރި ސޯލާ ޕެނަލްތަކާއި އެކުގަ އެވެ.