ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އިތުރު މީހަކު މަރުވެއްޖެ

ކޮވިޑް ޖެހިގެން އަނެއްކާވެސް ރާއްޖެއިން މީހަކު މަރުވެއްޖެ އެވެ. މަރުވީ ދިވެހި، އަދި އުމުރުން 79 އަހަރުގެ އަންހެނެކެވެ.

އެމީހާ މަރުވީ ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތާގައި ފަަރުވާ ހޯއްދަމުން ގެންދަނިކޮށެވެ. އޭނާ މަރުވީ މިރޭ އިރާކޮޅު ވަގުތެއްގައެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 65 ވަނަ މީހާއެވެ. މިހާތަނަށް ރާއްޖެއިން މަރުވީ 57 ދިވެހިންނާއި 8 ބިދޭސީންނެވެ. މި ދިޔަ މަހު ކޮވިޑް ބަލީގައި 10 މީހަކު މަރުވެއްޖެ އެވެ. އަދި މިދިޔަ ޖަނަވަރީގައި ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވިއެވެ. މި މި މަހުގެ ދެވަނަ މަރެވެ.