އެސްޓީއޯ

އެސްޓީއޯގެ ޑިރެކްޓަރު ކަމަށް ނިޒާމު އައްޔަން ހަމަޖައްސައިފި

Mar 19, 2021

އެސްޓީއޯގެ ޑިރެކްޓަރުގެ މަގާމަށް، އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމު ހަމަޖައްސައިފި އެވެ.

ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ ހއ. ހޯރަފުށީ، ނަސީމީހައުސް، މުހައްމަދު ނިޒާމު، އެސްޓީއޯގެ ޑިރެކްޓަރުން ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފައިވާ ކަމަށެވެ.

އެސްޓީއޯ ބޯޑަށް އައްޔަން ކުރި ނިޒާމުއަކީ އެ ކުންފުނީގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ނިޒާމް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ކުންފުނީގެ ސީއެފްއޯގެ މަގާމަށް އައްޔަން ކުރުމުގެ ކުރީގައި ހުންނެވީ އެސްޓީއޯގެ ޕްރޮކިއުމެންޓުގެ ހެޑުގެ މަގާމުގަ އެވެ.