ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ހަމަހުގެ ކުއްޖަކަށް އޮޅިގެން ކޮވިޑް ވެކްސިން ދެވިއްޖެ

ދެކުނު އެމެރިކާގެ ޗިލީގައި ހަ މަހުގެ ކުއްޖަކަށް އޮޅިގެން ކޮވިޑް ވެކްސިން ދެވިއްޖެ އެވެ. ސިއްހީ އިދާރާތަކުން ބުނާ ގޮތުން އެ ކުއްޖާއާށް ދެވުނީ ޗައިނާގެ ސިނޮވެކް ކޮވިޑް ވެކްސިނެވެ. އެ ގައުމުގެ "24 ހޮރާސް" ރޭޑިއޯ ސްޓޭޝަނުން ބުނީ އެ ކުއްޖާއަށް އަދި އެއްވެސް ޒާތެއްގެ ނޭދެވޭ އަސަރެއް ނުކުރާ ކަމަށް އިދާރާތަކުން ބުނާ ކަމަށެވެ.

އެކުއްޖާގެ ބެލެނިވެރިންނާ ހަވާލާދީ ރޭޑިއޯ ސްޓޭޝަނުން ބުނީ އެ ކުއްޖާ ވެކްސިން މަރުކަޒަށް ގެންދެވުނީ އުމުރާ ގުޅުންހުރި، ޅަފަތުގައި ދޭ ވެކްސިން ޑޯޒްތައް ފުރިހަމަ ކުރަން ކަމަށެވެ.

ސިއްހާ އިދާރާތަކުން ބުނަނީ ގުޅުން ހުރި އިދާރާތަކަށާއިބައިނަލްއަގްވާމީ އިދާރާތަކަށް ނޯޓިސް ފޮނުވާފައި ވާނެ ކަމަށާއި ވަރަށް ފަރުވާތެރިކަމާއެކު އެ ކުއްޖާ ބަލަހައްޓަމުން އަންނަ ކަމަށެވެ. އެކުއްޖާ ގާތު ޑޮކްޓަރުން 24 ގަޑިއިރު ދަމަށް ތިބޭ ކަމަށެވެ. ބުނެވޭ ގޮތުގައި މިކަން ކޯޓް މަރުހަލާއާ ހިސާބަށް ވެސް ހިނގައިދާނެ އެވެ.

ޗައިނާގެ ސިނޮވެކްއިން ކޮވިޑް ވެކްސިން އުފައްދައި ޓެސްޓް ކުރަން ފަށާފައި ވަނީ ޖެނުއަރީ 2020 ގައި އެވެ. މި ވެކްސިން ޓެސްޓްކޮށް ތިންވަނަ ފިޔަވައި ވަނީ ބްރެޒިލް އައި އިންޑޮނީޝިއާގައި ނިންމާފަ އެވެ. ތުރުކީ އަދި ޗިލީގައި ދެވަނަ ފިޔަވަހި ނިންމައި ބުނެފައި ވަނީ 90 ޕަސެންޓް ކާމިޔާބު ކަމަށެވެ. އަދި ވެކްސިންދޭ މީހުންގެ ހަޑިގަނޑުގައި ދިފާއީބާރު، އެންޓިބޮޑީޒް އުފައްދާ ކަމަށެވެ.