ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ޒިންކާ ވިޓަމިންސީން ކޮވިޑަށް ފަރުވާ ކުރެވޭކަން އެނގޭކަށް ނެތް: ދިރާސާ

ކޮވިޑް ޖެހުމުން ފަރުވާ ކުރަން ޒިންކާ ވިޓަމިންސީއަކީ ބައްޔަށް ހަލެއް ކަމަށް ދިރާސާތަކުން ނުދައްކާ ކަމަށް ބުނެފި އެވެ. ސިއްހީ އިދާރާތަކުން ކޮވިޑަށް މިހާރު ކަނޑައަޅައި ދެމުން އަންނަ ފަރުވާ ނޫން ގޮތެއް އަދި ނެތް ކަމަށް އެމެރިކާގައި ކުރި ދިރާސާތުން ދައްކާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"ޒިންކް ގުލުކޮމޭޓް" އާ އެސްކޯބިކް އެސިޑް (ވިޓަމިންސީ) އަކީ ހަށިގަނޑަށް ރައްކާތެރި އަދި ފައިދާ ބޮޑު ދެ މާއްދާ އެވެ. އާންމުކޮށް ބަލިމަޑު ކަމެއްގައި ނޫޅުނު ނަމަވެސް މިއީ ހުއްދަ މިންވަރަށް ބޭނުން ކުރަން ރަނގަޅު ދެ މާއްދާ އެވެ. ހަށިގަނޑު ދިފާއީ ބާރު ވަރުގަދަ ކުރުމަށް އަދި ރޯގާ ޖެހުމުންވާ އުނދަގޫ ކުޑަކުރުމަށް ވެސް ޒިންކާއި ވިޓަމިންސީ ބޭނުންކުރެ އެވެ.

ކޮވިޑް ޖެހުމުން ފަރުވާއެއް ގޮތުގައި މި ދެމާއްދާ ބޭނުންކުރިއެއް ކަމަމަކު ފަސޭހަވާން ނަގާ މުއްދަތު ފާހަގަކުރެވޭ މިންވަރަށް ކުރުނުވާ ކަމަށް ޑރ. މިލިންދު ދެސާއީ ވިދާޅުވެ އެވެ.

ކޮވިޑާ މެދު ބުނެވެނީ ބޮޑުވަރުވަނީ ދިފާއީ ބާރު ނިކަމެތި މީހުންނަށް ކަމަށެވެ. މާނަ އަކީ ދިރިއުޅުމާ މެދު އާންމުކޮށް ދުޅަހެޔޮ މިޒާޖަކުން ވިސްނައި އަމަލުކުރާ މީހުންނަށް ބޮޑުވަރުވުމުގެ ފުރުސަތު ކުޑަ ކަމެވެ.

ކޮވިޑް ޖެހި ފަސޭހަވެފައި ތިބި ގިނަ މީހުން ބުނާ ގޮތުން އެންމެ މުހިންމީ ގިނައިން ދިޔާއެއްޗެހި ބޭނުންކުރުމެވެ. އޭގެ ތެރޭގައި މުހިންމީ ފެނާއި ޖޫސް، އެކަމަކު ހަކުރު މަދު ބާވަތްތަކެވެ. މެޑަރިން އަދި ވައިލްޑް ބެރީޒް އަކީ ވެސް ލުއި ލިއްބައިދޭ ބުއިންތަކެކެވެ.

ޒިންކާއި ވިޓަމިންސީއާ ބެހޭ ގޮތުން ދިރާސާކޮށްފައި ވަނީ މިއީ ކޮވިޑަށް ދެވިދާނެ ފަރުވާއެއްތޯ ބެލުމަށެވެ. ފަރުވާއެއް ނޫން ނަމަވެސް، ކޮވިޑް ޖެހުމުގެ ސަބަބުން އުފެދޭ ކޫސަނި ބަލިތަކަށް މި ދެމާއްދާގެ ސަބަބުން ފަސޭހަތަކެއްވާ ކަމަށް ގިނަ މީހުން ބުނެ އެވެ.