ވިޔަފާރި

ޓްރޭޑާޒް: ހޮޓަލް ޖެން އަށް ރީބްރޭންޑް ކުރަނީ

Jan 13, 2015

ޝަންގްރިއްލާ އިން މާލޭގައި ހިންގަމުން ގެންދާ ޓްރޭޑާސް ހޮޓާ މަޝްހޫރު "ހޮޓެލް ޖެން" ބްރޭންޑަށް މާދަމާ އިން ފެށިގެން ރީ ބްރޭންޑް ކުރަން ނިންމައިފި އެވެ.

ޓްރޭޑާސް ހޮޓާ "ހޮޓެލް ޖެން މާލެ" އއަށް ބްރޭންޑް ކުރުމުގެ ގޮތުން އެ ހޮޓަލަށް މިހާރު ވަނީ ބައެއް ބަދަލުތައް ވެސް ގެނެސްފަ އެވެ.

ހޮޓެލް ޖެން ބްރޭންޑަކީ އޭޝިއާގައި މަޝްހޫރު ބްރޭންޑެކެވެ. މި ބްރޭންޑުގެ ހޮޓާތައް ސިންގަޕޫރާއި ފިލިޕީންސް ފަދަ ގައުމުތަކުގައި ވެސް ހުރެ އެވެ.