ކޮވިޑް-19 ޖެހިގެން އަނެއްކާ ވެސް ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.
ކޮވިޑް ޖެހިގެން މަރުވެފައި ވަނީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެޗްޕީއޭ އިން ބުނީ އެމީހާ މަރުވެފައި ވަނީ އައިޖީއެމްއެޗްގެ އީއާރްގައި ފަރުވާ ދެމުން ދަނިކޮށް ރޭ 8:25 ހާއިރު ކަމަށެވެ.
މިއީ ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން މަރުވި 66 ވަނަ މީހާ އެވެ. އަދި މިމަހު މަރުވި ހަތަރުވަނަ މީހާ އެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން 58 ދިވެހިންނާއި އަށް ބިދޭސީން ވަނީ މަރުވެފަ އެވެ.