ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އިތުރު މީހަކު މަރުވެއްޖެ

ރާއްޖެއިން ކޮވިޑް ޖެހިގެން އިތުރު މީހަކު މަރު ވެއްޖެ އެވެ.

މަރުވި މީހާ އަކީ 51 އަހަރުގެ އަންހެނެކެވެ. އެޗްޕީއޭ އިން ބުނީ އެމީހާ އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔައީ ރޭ ފަތިހު 4:45 ހާއިރު ކަމަށެވެ. ހާލު ދެރަވެ، އެ މީހާ މަރުވީ 5:56 ހާއިރު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މި މަރާއި އެކީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 84 އަށް އަރާފަ އެވެ.

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ރާއްޖެއިން ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ވަނީ އިތުުރުވެފަ އެވެ. ބަލީގައި މަރުވާ މީހުންގެ ނިސްބަތް ވެސް ދަނީ މައްޗަށް ޖެހެމުންނެވެ. ވޭތުވެ ދިޔަ ތިން ދުވަސް ތެރޭ ކޮވިޑް ބަލީގައި 10 މީހުން ރާއްޖޭގައި މަރުވި އެވެ.