ލ. ފޮނަދޫގައި އަލަށް ހެދި މިސްކިތެއް މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފި އެވެ.
"އަލް މަސްޖިދުލް ވިދާދި" ނަމުގައި ބިނާކުރި އެ މިސްކިތް ހުޅުވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.
ފޮނަދޫގައި އާ މިސްކިތެއް އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ޖުމްލަ 6.4 މިލިއަން ރުފިޔާއަށް އެ މިސްކިތް އަޅަން އިނޯކާ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ފޮނަދޫ އާ މިސްކިތުގައި 500 އެއްހާ މީހުނަށް އެއްފަހަރާ ނަމާދު ކުރެވެ އެވެ.