އުރީދޫ

މޫލީއިން ރޯދަ ސާމާނު ބޭނުން ތަނަކަށް ގެންގޮސްދޭނެ

މޫލީ އިން ރޯދައަށް ބޭނުންވާ ސާމާނު ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީގެ ހިދުމަތް ކޮށްދޭން ކަމަށް އުރީދޫ އިން ބުނެފި އެވެ.

އުރީދޫ އިން ބުނީ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ މީހުން ވިޔަފާރިކުރަން ބޭނުންވާނެ ކަމަށާއި ކޮވިޑް-19 އާއި ގުޅިގެން ދަތުރުފަތުރު ކުރުމަށް ދަތިތަކަކާއި ކުރިމަތިމަތިވެފައިވާ މި ދަނޑިވަޅުގައި މޫލީ މެދުވެރިކޮށް ރޯދައަށް ބޭނުންވާ ސާމާނު ފަސޭހަކާމާއި އެކީ ގަނެލެވޭނެ ކަމަށެވެ.

އެގޮތުން އުރީދޫ އެޕް މެދުވެރިކޮށް ޝޮޕަށް ޒިޔާރަތްކުރައްވައި "ރޯދަ އެސެންޝިއަލްސް" އަށް ވަދެގެން ބޭނުންވާ ކެޓެގަރީއަކުން ސާމާނު ގަނެލެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

ރޯދައަށް ހާއްސަ މި އާ ސެކްޝަންގައި ބާބަކިއު ގްރިލް އާއި އިލެކްޓްރިކް ގްރިލް އާއި އަވަން އާއި ރައިސް ކުކަރު އާއި ކޮފީ މޭކާ އާއި ޕޮކެޓް ރޭޑިއޯ އާއި އިސްތިރި ފަދަ އެތަކެއް ސާމާނެއް ހިމެނޭ ކަމަށް އުރީދޫ އިން ބުންޏެވެ. މޫލީގެ ޕާޓްނަރުންނާއި އެކީ މަސައްކަތްކުރަމުން ދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް ކަމަށް އުރީދޫ އިން ވަނީ ފާހަގަކޮށްފަ އެވެ.