ފަތަހަ މޯލް

ފަތަހަ މޯލް އިން 30 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު

Mar 21, 2021

މާވެޔޮމަގުގައި ހުޅުވާފައިވާ "ފަތަހަ މޯލް" އިން 30 އަށް ވުރެ ގިނަ ވަޒީފާ ގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފަތަހަ މޯލުން ހުޅުވާލާފައި ވަނީ ސޭލްސް އެސިސްޓެންޓުގެ ގޮތުގައި ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ކަމަށެވެ. އަންހެނުންނަށް ހާއްސަ މި ވަޒީފާތަކަށް އުމުރުން 20 އަހަރާއި 35 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށްވެސް ކުރިމަތިލެވޭނެ އެވެ.

މާލޭގައި މިވަގުތު ހުރި އެންމެ ހިތްގައިމު އެއް ފިހާރަ ކަމަށްވާ "ފަތަހަ މޯލް" އިން ހުޅުވާލި މި ފުރުސަތުގައި ވަޒީފާ ލިބޭ މުވައްޒިފުންގެ މަސައްކަތު ގަޑިއަކީ 8 ގަޑިއިރެވެ. ވަޒީފާއަށް ކަނޑައަޅާފައިވަނީ 4000ރ އާއި 5000ރ އާ ދެމެދުގެ މުސާރައެކެވެ. އަދި އެހެން އަހަރުތަކެކޭ އެއްގޮތަށް ކޮންމެ މުވައްޒިފަކަށް 3،000 ރުފިޔާ ރޯދަ އިނާޔަތުގެ ގޮތުގައި ދިނުމަށް ވަނީ ނިންމާފައެވެ.

ފަތަހަ އިން ބުނީ މި ވަޒީފާތަކަށް ކުރިމަތިލާން މިހާރު ފުރުސަތު ހުލުވާލައިފައިވާއިރު އެޕްލިކޭޝަން ފޯމު ފަތަހައިގެ ކޮންމެ ފިހާރައެއްގެ ކައުންޓަރުންވެސް ލިބޭނެ ކަމަށެވެ. އޮންލައިން ކޮށް ވެސް މި ވަޒީފާތަކަށް ފޯމު ހުށައެޅޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.

ފަހަތަ ކުންފުނީގައި މިވަގުތުވެސް 60 ވުރެ ގިނަ މުވައްޒިފުން ވަޒީފާގައި ގެންގުޅެއެވެ. އެ ކުންފުނިން ބުނީ އިތުރު މުވައްޒިފުން ހޯދަނީ ފިހާރައިން ދޭ ހިދުމަތްތައް އަވަސް ކުރުމަށާއި ކަސްޓަމަރުންގެ ފަސޭހައަށް ކަމަށެވެ.