ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ކޮވިޑް ވެކްސިން: ފުރަތަމަ ޑޯޒްގެ ދެވަނަ ބުރު ފަށަނީ

ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މީހުންނަށް ވެކްސިން ދިނުން މާދަމާ ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރަގްރާމް ފެށީ ފެބްރުއަރީ ފުރަތަމަ ދުވަހުއެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ވަނީ ހުއްޓާލާފައެވެ. އޭރު މާލެ ސަރަހައްދުން 121،630 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ.

އެޗްޕީއޭއިން މިރޭ ބުނީ އުމުރުން 18 އަހަރުން މަތީގެ އެންމެނަށް މާދަމާ ވެކްސިން ދޭން އަލުން ފަށާނެ ކަމަށެވެ. އެގޮތުން ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒުގަ އާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރާއި ވިލިމާލެޒުވާނުންގެ މަރުކަޒުގެ އިތުރުން ރައްޔިތުންގެ މަޖިލިހާއި ޓްރީޓޮޕް ހޮސްޕިޓަލް ހޮސްޕިޓަލްގައި ވެކްސިން ދޭނެ އެވެ.

މާދަމާއިން ފެށިގެން ރާއްޖޭގައި މިވަގުތު ދޭނީ ޗައިނާގެ ސިނޯފާމް ވެކްސިން އެވެ.