ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ބޭސްފަރުވާ އާއި ތައުލީމަށްދާ މީހުންނަށް ދެވަނަ ޑޯޒް ދެނީ

ބޭސްފަރުވާއަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ގައުމުން ބޭރަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ފުރަތަމަ ޑޯޒް ޖެހިތާ 8-12 ހަފުތާގެތެރޭގައި ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަ ނުކުރެވޭނެ މީހުންނަށް މާދަމާ ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާ ފަހުންނެވެ.

އެޗްޕީއޭއިން މިރޭ ބުނީ ފުރަތަމަ ޑޯޒް ޖެހިތާ ހަތަރު ހަފްތާވެފައިވާނަމަ ދެވަނަ ޑޯޒް ދެވޭނެ ކަމަށެވެ. ނަމަވެސް މިހާލަތުގައި ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ބޭސްފަރުވާއަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ގައުމުން ބޭރަށް ދަތުރުކުރަން ޖެހިފައިވާ މީހުންނަށެވެ.

އެފަދަ މީހުން އެޗްޕީއޭގެ ހޮޓްލައިން 1676އަށް ގުޅާ ނަންނޯޓު ކުރުމަށް ނޫނީ [email protected] އަށް މައުލޫމާތާއެކު އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.

ވެކްސިން ޖަހަންދާއިރު ގެންދަން ޖެހޭ ލިޔުން

  • ފުރަތަމަ ޑޯޒް ޖެހި ވެކްސިން ކާޑު،
  • އައިޑީ ކާޑު،
  • ޓިކެޓް ނުވަތަ ދަތުރަށް ފުރާކަން އެނގޭނެ ލިޔުން،
  • ބޭސް ފަރުވާއަށް ފުރަން ޖެހޭކަމުގެ ލިޔުން،
  • ދަރިވަރެއް ނަމަ ޔުނިވަރސިޓީގެ ލިޔުން،
  • ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު