ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

"އެސްޓްރަޒެނެކާ ކޮވިޑް ވެކްސިންގައި އޫރުގެ ބާވަތެއް ނުހުންނާނެ"

އެސްޓްރަޒެނެކާ ނަމުގައި އުފައްދާ ކޮވިޑް ވެކްސިންގައި އޫރުގެ އެއްވެސް ބާވަތެއް ނުހުންނާނެ ކަމަށް އެ ކުންފުނިން ކަށަވަރު ކޮށްދީފި އެވެ. އެ ކުންފުނިން މިހެން ބުނެފައި ވަނީ އިންޑޮނީޝިއާއިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

އެސްޓްރަޒެނެކާގެ ކޮވިޑްވެކްސިން ޖެހުމުން ލޭ ގަނޑުވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް އިންޑޮނޭޝިއާގައި ވަނީ މި ވެކްސިނަށް ރުހުން ދީފަ އެވެ.

އެހެން ނަމަވެސް މުސްލިމް ފަތުވާ ކޮމެޓީން އެސްޓްރަޒެނެކާ ވެކްސިން ލޭބަލް ކޮށްފައި ވަނީ "ހަރާމް" ކަމަށެވެ. އެއީ ވެކްސިން އުފެއްދުމުގައި އޫރު ކަހަލަ މުސްލިމުން ބޭނުން ކުރުން ހަރާމް މާއްދާއެއް ބޭނުން ކޮށްފައި ހުރެދާނެ ކަމަށެވެ. މި ވެކްސިނާ ބެހޭ ގޮތުން ވާހަކަ ދެކެވެނީ އުފެއްދުމަށް އޫރުގެ ޕޭންކްރީއަސްގައި ހިމެނޭ މާއްދާއެއް ބޭނުން ކޮށްފައިވާ ކަމަށެވެ. އަދި އޫރާ ގުޅުންހުރި އެންޒައިމް "ޓްރިޕްސިން" ބޭނުން ކޮށްފައިވާ ކަމަށެވެ.

އެސްޓްރަޒެނެކާގެ ތަރުޖަމާނަކު، ބަޔާނެއް މެދުވެރިކޮށް ބުނެފައި ވަނީ ކޮރޯނާ ވެކްސިން އުފެއްދުމުގައި ޖަނަވާރު ބޭނުން ކޮށްފައި ނުހުންނާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ޖަނަވާރަކާ ގުޅުމެއް ވެސް ނުހުންނާނެ ކަމަށެވެ. އަދި ޖަނަވާރުން ނަގާފައި ހުރި އެކައްޗެއް ވެސް ކޮވިޑް ވެކްސިންގައި ނުހުންނާނެ ކަމަށެވެ.

އެސްޓްރަޒެނެކާ ޑިރެކްޓާ އޮފް ގްލޯބަލް މީޑިއާ ރިލޭޝަންސް މެތިއު ކެންޓް ވިދާޅުވީ އެސްޓްރަޒެނަކާ ވެކްސިންގައި އޫރާ ގުޅުން ހުރި ބާވަތެއް ނުހުންނާނެ ކަމަށެވެ.

އިންޑޮނޭޝިއާ ލިސްޓް ކުރެވިފައި ވަނީ އޭޝިއާގައި ކޮވިޑުން އެންމެ ބޮޑުވަރުވި ގައުމުތަކުގެ ތެރޭގަ އެވެ. އިންޑޮނީޝިއާ 260 މިލިއަން އާބާދީގައި 1.5 މިލިއަން މީހުންނަށް ކޮވިޑް ޖެހުނު ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި 39،000 މީހުން މަރުވެފައިވާ ކަމަށް ވެސް ލިސްޓްކުރެވިފައިވެ އެވެ.

އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިން ޖެހުން ޔޫރަޕް ގައުމުތަކުން މި ދޭތެރެއިން މެޑުކަނޑާލި އެވެ. އެއީ ވެކްސިންގައި ސައިޑްއިފެކްޓް، ވެކްސިން ޖެހުމުން މެދުވެރިވާ ނޭދެވޭ ހާލާތްތައް ގިނަ ކަމަށް އަދި ހާއްސަކޮށް ލޭ ގަނޑުވާ މައްސަލަ ދިމާވާ ކަމަށް ބުނެވޭތީ ސައިންސްވެރިން ލައްވައި އެކަން ބެލުމަށެވެ. ޔޫރަޕިއަން މެޑިސީން އޭޖެންސީ މިހާރު ބުނަނީ އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިން ރައްކާތެރި ކަމަށާއި ކުރިއަށް ގެންދަންވީ ކަމަށެވެ.

އެސްޓްރަޒެނެކާ ވެކްސިން ޖެހުމުން ލޭ ގަނޑުވާ މައްސަލަ ދެނެގަނެވިއްޖެ ކަމަށް ނޯވޭ ސައިންވެރިން ވަނީ ބުނެފަ އެވެ.