ވިޔަފާރި

އަޑަސްޓްރާ ސުޕަ ޔޮޓު ބުދަ ދުވަހު ރާއްޖެއަށް

Mar 22, 2021
1

ދެ ފަރާތުގައި ކަނދު ހަރުކޮށްގެން ދުނިޔެ ވަށައި ބުރުޖަހާ އަގު ބޮޑު، ޔޮޓް އަޑަސްޓްރާ ބުދަ ދުވަހު ރާއްޖޭގައި ބަނދަރު ކުރާނެ އެވެ.

މި ޔޮޓް ރާއްޖެ ގެންނަން ފަރާތުގެ ރީޖަނަލް ޑިރެކްޓަރު އަހުމަދު ނައުޝާދު ވިދާޅުވި ގޮތުގައި މި ޔޮޓް، މި މަހުގެ 24 ވަނަ ދުވަހު ރާއްޖެ ވަންނާނެ އެވެ. މި ޔޮޓު ރާއްޖެ އަންނަނީ ދުނިޔެ ވަށާ ބުރު ޖެހުމުގެ ދަތުރެއްގަ އެވެ.

"ކުރީން ފުރަތަމަ ދަތުރުގައި ރާއްޖެ އާދެވޭ ގޮތް ނުވީ. ނަމަވެސް ދެވަނައަށް ދުނިޔެ ވަށާ ބުރު ޖަހަން ކުރާ މި ދަތުރުގައި ރާއްޖެ މި އަންނަނީ،" ނައުޝާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ދަތުރުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ވާން ވެސް ފުރުސަތު ފަހިވެ އެވެ.

"މި ދަތުުރުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު އެކްސްޕޯޝާއެއް ލިބިގެންދާނެ،" ނައުޝާދު ވިދާޅުވި އެވެ.

ދިގު މިނުގައި 42.6 މީޓަރު ހުންނަ ޔޮޓްގައި ނުވަ ފަޅުވެރިން މަސައްކަތް ކުރެ އެވެ. ދެހާސް ބާރަ ވަނަ އަހަރު ބަނދެފައިވާ މި އުޅަނދު ދުނިޔެއަށް މަޝްހޫރުވެފައި ވަނީ ޔޮޓްގެ ފަރުމާގެ ސަބަބުންނެވެ.

މި ޔޮޓަށް 2013 ވަނަ އަހަރު ދުނިޔޭގެ ސުޕަ ޔޮޓް އެވޯޑު ލިބިފައިވެ އެވެ. މި ޔޮޓަކީ 10 މިލިއަން ޑޮލަރުގެ އުޅަނދެކެވެ.