އެސްޓީއޯ

ކާޑު ގެންނަން 25 މިލިއަން ޑޮލަރުގެ ގެރެންޓީ

Mar 22, 2021

ރާއްޖެއަށް ބޭނުންވާ ބޭހާއި ކާޑު އެތެރެ ކުރަން ސަރުކާރުން އެސްޓީއޯއަށް 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385 މިލިއަން ރުފިޔާ) ގެ ގެރެންޓީއެއް ދީފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރި ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް ބޭނުންވާ ބޭހާއި ކާޑު އެތެރެ ކުރަން މިދިޔަ ޖެނުއަރީ މަހު ހޮންކޮންގް ޝަންހާއީ ބޭންކިން ކޯޕަރޭޝަންގެ މާލޭގެ ބްރާންޗުންނެވެ.

ރާއްޖެއަށް ބޭނުންވާ މެޑިކަލް ސާމާނު އެންމެ ފުޅާކޮށް އެތެރެ ކުރަން އެސްޓީއޯ އަށް މިދިޔަ އަހަރުގެ މެއި މަހު އެސްޓީއޯ އިން މެޑިކަލް އިކުއިޕްމެންޓާއި ބޭހާއި ކާބޯތަކެތި ގަތުމަށް ސަރުކާރުން ގެރެންޓީ ދީގެން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 230 މިލިއަން ރުފިޔާ) ލޯނެއް ނެގި އެވެ.