މުހައްމަދު ނިމާލް

"މިވަގުތު އޮތީ ބިރާ ނާމާންކަން"

Mar 22, 2021
3

ބިރުވެރިކަމާއި ނާމާންކަން ނޫން ކަމެއް މިވަގުތު ދިވެހިންނަށް ނެތް ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރައްވާ މުހައްމަދު ނިމާލް ވިދާޅު ވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ އެކްޓިވިޓީ ކޮމެޓީގައި ވެސް އިސްވެ ހުންނެވި ނިމާލް ވިދާޅުވީ "އިގްތިސޯދީ ބޫމެއް" އަންނާނެ ކަމަށް ރައީސް ސޯލިހުގެ ސަރުކާރުން ބުނި ނަމަަވެސް ފެނުނީ ބޮޑުކޮށް ކޮރަޕްޝަން ކަމަށެވެ. ވެންޓިލޭޓަރުގެ ބޮޑު ހިޔާނާތާއި ސިލިންޑަރުގެ ހިޔާނާތް ފާހަގަ އޭނާ ވަނީ ކުރައްވާފަ އެވެ.

"ޒެޑްޓީން ނޭވާ ހޮޅި ބެދި ގޭސް ސިލިންޑަރުގެ ދަގަނޑު ދަބަރަށް ވެއްޖެ،"

ނިމާލް ވިދާޅުވީ ގައުމު ބޮއްސުންލައި ބިރުވެރި ކަމާއި ނާމާންކަން ނޫން ކަމެއް ދިވެހިންނަށް މި ވަގުތަށް ނެތް ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

"ތިޔަ [ރަށްވެހި] ފަތިހަކުން އަލިވިލޭނީ އުފާވެރި ދުވަހަކަށްކަން ގަބޫލުކުރާނީ ކިހިނެތް،" އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕެއިނަށް އިޝާރާތް ކުރައްވާ ނިމާލް ވިދާޅުވި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލެއްވި ނަމަވެސް ކެންޕޭން ކުރަން އެއްވެސް ފުރުސަތެއް ނުލިބޭތީނިމާލް ގެންދަވަނީ ވަނީ އެކަމާވެސް ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.