ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސިނޯފާމް

1597 މީހަކަށް ސިނޯފާމް ވެކްސިން ދީފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 220،768 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިއަދު ވަނީ 1،856 މީހަކަށް ވެކްސިން ދީފައެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 259 މީހަކާއި މާލެ ސަރަހައްދުން ވެކްސިން ދިން 1،597 މީހެކެވެ. ވެކްސިން ޕްރަގްރާމް މެދުކަނޑާލުމަށް ފަހު މާލެ ސަރަހައްދުގައި އަލުން ވެކްސިން ޖަހަން ފަށާފައިވަނީ މިއަދު އެވެ. މިއަދު މާލެ ސަރަހައްދުގައި ދޭން ފަށާފައިވަނީ ޗައިނާގެ ސިނޯފާމް ވެކްސިނެވެ.

މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް ދީފައިވަނީ 123،227 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަތޮޅުތަކުން މިހާތަނަށް 97،541 މީހަކަށް ވެކްސިން ދީފައިވެއެވެ.