އެމްއެންޑީއެފް

50 ޓަނުގެ ޑީސަލް ހުރި ދޯންޏެއް ފަރަށް

Mar 23, 2021

މާލެއިން ފުރައިގެން ހއ. އަތޮޅަށް ތެޔޮ ހިފައިގެން ދަތުރު ކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފި އެވެ. މީހަކަށް ގެއްލުމެއް ނުވެއެވެ.

ސިފައިންގެއިން ބުނީ ފަރަށް އަރާފައި ވަނީ "ސްނޯ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާ އެ ދޯނީގައި 50 ޓަނުގެ ޑީސަލް ހުރި ކަމަށެވެ. ދޯނި ފަރަށް އަރާފައި ވަނީ ށ. އަތޮޅު ކީކިމިނި ކައިރިން ބޮލިސްތަ ފަރަށެވެ.

ރޭ ދޯނި މެންދަމު ދޯނި ފަރަށް އެރި އިރު ދިވެއްސަކާއި ދެ ބިދޭސީއަކު ތިއްބެވެ. ހާދިސާގައި ދޯންޏަށާއި މުދަލަށް ލިބުނު ގެއްލުމުގެ އެއްވެސް ތަފްސީލެއް ސާފެއް ނުވެއެވެ.

ދޯނީގެ ވެރިފަރާތާ ގުޅައި ދޯނި ފުންކުރުމުގެ މަސައްކަތް ސިފައިން ވަނީ ފަށާފަ އެވެ.