ވިޒިޓް މޯލްޑިވްސް

ނޭޝަނަލް ޖިއޮގްރެފިކްގެ ފޮޓޯގްރާފަރުން ރާއްޖޭގައި

Mar 23, 2021
2

ރަޝިއާގައި ރާއްޖެ އިސްތިހާރު ކުރަން ބޭނުންވާ ފޮޓޯތަކެއް ނަގަން، ނޭޝަނަލް ޖިއޮގްރަފިކްސް ޗެނަލް (އެންޖީސީ) ގެ ފޮޓޯގްރާފަރުން ރާއްޖޭގެ ފޮޓޯތަކެއް ނަގަން ފަށައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ ނޭޝަނަލް ޖިއޮގްރަފީގެ ފޮޓޯގްރާފަރުން ރާއްޖެއަށް ކުރާ ޒިޔާރާތުގައި ރާއްޖޭގެ ހިތްގައިމު ފޮޓޯ ތަކެއް ނަގާނެ ކަމަށެވެ. އަދި މި ފޮޓޯތައް ރަޝިޔާގެ ވެރިރަށް މޮސްކޯ އާއި ސެއިންޓްޕީޓަސްބާގްގައި އޮންނަ މައުރަޒެއްގައި ބައިވެރި ކުރާނެ އެވެ.

ނޭޝަނަލް ޖިއޮގްރަފީގެ ފަރާތުން ރާއްޖޭގައި ފޮޓޯ ނަގަން އައިސްފައި ވަނީ، އެ ޗެނަލްގެ ފޮޓޯގްރާފަރެއް ކަމަށްވާ އިވަންޑެމެންޓީވްސީ އާއި އޭނާގެ އެސިސްޓެންޓެކެވެ. އެ ދެ ފޮޓޯގްރާފަރުން ރާއްޖޭގައި ތިބޭނީ ޑައިމަންޑް އަތުރުގާ ބީޗް އެންޑް ވޯޓާ ވިލާ ރިސޯޓާއި ޑަބްލިއު މޯލްޑިވްސް އަދި ވ. ފުލިދޫ ޕުލްމޭރިއާގެ އިތުރުން ވައިޓްލެގޫން ފެހެންދޫ އަދި ލިވަބޯޑް ސްކޫބާ ސަފާރީގަ އެވެ.

އެ ކުންފުނިން ބުނީ މި ފޮޓޯގްރާފަރުން ނަގާ ފޮޓޯތަކުގައި ރާއްޖޭގެ ސަގާފަތާއި އަތްތެރި މަސައްކަތްތެރިކަން އަދި ރަށްތަކުގައި ޓޫރިސްޓުންނަށް ލިބެން ހުރި ހިދުމަތްތަކުގެ ފޮޓޯތައް ހިމެނޭނެ ކަމަށެވެ. މި ދަތުރުގައި ރާއްޖޭގެ 50 ފޮޓޯއެއް ނަގާނެ އެވެ.

އެމްއެމްޕީއާރްސީން ބުނީ މި އަހަރު ރަޝިއާގައި ރާއްޖެ އިސްތިހާރު ކުރަން ގިނަ ހަރަކާތް ތަކެއް ހިންގާނެ ކަމަށެވެ.