އީވާ އަބްދުﷲ

ހާލަތަށް ފިޓްވެގެން ޕީޕީއެމްއިން ކެމްޕޭންކުރަން ދަސްކުރަން ޖެހޭ: އީވާ

ކޮވިޑާއެކު މިހާރު އޮތް ހާލަތަށް ފިޓްވެގެން ޕީޕީއެމުން ކެމްޕޭން ކުރަން ދަސް ކުރަން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގޮވާލައްވައިފި އެވެ.

ކޮވިޑާ ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކުގެ ދަށުން އިންތިހާބަށް ކެމްޕޭން ކުރަން ރަށްރަަށަށް ގޮސް 10 ދުވަހު ކަރަންޓީން ވާން ޖެހެ އެވެ. ނަަމަވެސް އެކަމުގައި ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެމްޕޭންގައި ބައިވެރިވާ ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން އަމަލު ނުކުރާ ކަމަށް ޕީޕީއެމުން ތުހުމަތު ކުރެ އެވެ.

އަދި އިންތިހާބުގައި ވާދަ ކުރާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ހޯދައި ދިނުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

އެ މައްސަލައިގެ ބަހުސްގައި އީވާ ވިދާޅުވީ މިހާރު މި އޮތް ހާލަތަކީ ބަލާއާފާތެއް ކަމަށާއި އެކަން ޕީޕީއެމުން ދަންނަން ޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީން ކެމްޕޭން ކުރަމުންދަނީ އެކަން ދަނެ ހާލަތަށް ފިޓްވެ އެހެން ވަސީލަތްތައް ބޭނުން ކޮށްގެން ކަަމަށެވެ.

"އަޅުގަނޑުމެން މިތިބީ މި ހާލަތައިގެން ވެސް އުޅެންވެސް ދަސްކޮށްގެން. ޕީޕީއެމްއަށް ވެސް އަޅުގަނޑު ދަންނަވާލާނީ ހާލަތަށް ފިޓްވާން. ހާލަތަށް ފެތިލަން ކޮންމެވެސް ވަރަަކަށް ދަސްކުރަން ޖެހޭ،" އިވާ ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީން ދަނީ ރަށްވެހި ފަތިސް ކެމްޕޭން ލޯންޗްކޮށް ފުޅާ ދާއިރާއެއްގައި ކެމްޕޭން ކުރަމުން ނެވެ. އެގޮތުން ރޭގަނޑު ގެންދާ ކެމްޕޭންތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ކައުންސިލްތަކަށް ވާދަކުރާ ކެންޑިޑޭޓުންނާ އޮންލައިންކޮށް ބައްދަލުވުންތައް ބާއްވަ އެވެ.

ކައުންސިލް އިންތިހާބަށް ޕީޕީއެމުން އިވެންޓަކާއެކު ކެމްޕޭން ލޯންޗް ކުރި ނަމަވެސް ފަހުން މާބޮޑު ހަރަކާތެއް ނުފެެނެ އެވެ.

"އަޅުގަނޑުމެން ހެދިގޮތަކީ މިއީ ޕެންޑަމިކްއެެއްކަން އެނގި ބެެކްޑްރޮޕެއް ވައްޓާލައިިފައި ޒޫމް ލިންކަކަށް ފިތާލައިފައި ރައީސާއި ޕާޓީގެ ރައީސް ޕާޓީގެ ޗެއާޕާސަން އިށީނދެވަޑައިގެން 800 އެއްހާ ކެނޑިޑޭޓުންނަކާ މި ބައްދަލުކުރަނީ" އީވާ މިއަދު ވިދާޅުވި އެވެ.

އީވާ ވިދާޅުވީ އެންމެ ފަހުން ނިމިގެން ދިޔަ ސަރުކާރުގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބްގައި އެމްޑީޕީއަށް ވެސް ކެމްޕޭން ކުރުމުގައި ހަމަހަމަ ފުރުސަތުތަކެއް ނުލިބުނެ ކަަމަށެވެ. އެހެން އޮވެގެން އެކި ވަސީލަތްތަކުން ކެމްޕޭންކޮށް އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދި އެވެ. އެހެންކަމުން ޝަކުވާގެ ބަދަލުގައި ޕީޕީއެމުން އޮއްޓަރު ހުރި ވާހަކަ ދައްކުމަށް އީވާ އެދިވަޑައިގެންނެވި އެވެ.

"ޝަކުވާގެ ބަދަލުގައި ކޮންމެވެސް އުއްމީދެއް ވެސް ދައްކަން ޖެހޭ އޮއްޓަރުު ހުރި ވާހަަކައެއް ޕީޕީިއެމްގެ މީހުން ވެސް ބަލައިގަންނާނީ،" އިވާ ވިދާޅުވި އެވެ.