ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރ. މަޑުއްވަރި

މަޑުއްވަރީ މޮނީޓަރިންއަށް ލައިފި

ރ. އުނގޫފާރުގައި މިހާރު އުފެދިފައިވާ ކޮވިޑް-19 ކްލަސްޓާ އާއި ގުޅުންހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ރ. މަޑުއްވަރީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.

މަޑުއްވަރީ ސިއްހީ މަރުކަޒުން ބުނީ އުނގޫފާރު ކްލަސްޓާ އާއި ގުޅިގެން މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުން ކަމަށެވެ.

މިހާތަނަށް އެރަށުން ފެނިފައިވަނީ ޕޮޒިޓިވް ދެ ކޭސް ކަމަށާއި އޭގެތެރެއިން އެކަކީ އުނގޫފާރު ކްލަސްޓާ އާއި ގުޅުންހުރި މީހެއް ކަމަށް މަޑުއްވަރީ ސިއްހީ މަރުކަޒުން ބުންޏެވެ. ދެން ޕޮޒިޓިވް ވެފައި ވަނީ މާލެއިން އައިސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަން އެނގޭނީ ނަގާފައިވާ ސާމްޕަލްތަކުގެ ނަތީޖާ ލިބޭ ވަރަކުން ކަން ވެސް އެރަށު ސިއްހީ މަރުކަޒުން ވަނީ ފާހަގަކޮށްފަ އެވެ.

އެޗްޕީއޭ އިން ނެރެފައިވާ އިއުލާނުގައި ބުނީ ކޮވިޑާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް މަޑުއްވަރީއަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

އުތުރުގެ ރަށްރަށު މީހުން ސިއްހީ ހިދުމަތް ހޯދަން އާންމުކޮށް ދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. އުނގޫފާރުން ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މާޗް ދޭއްގެ ފަހުން އެރަށަށް ގޮސްފައިވާ މީހުން އެ މީހަކު ހުރި ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކަށް އެންގުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެ މުއްދަތުގައި އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް ވަނީ އަންގާފައެވެ.