ދުނިޔެ

ޗައިނާގެ ފޮރިން މިނިސްޓަރު ކުއްލި ދަތުރުފުޅެއްގައި ތުރުކީއަށް

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ކުއްލި ދަތުރުފުޅެއްގައި މިއަދު ތުރުކީއަށް ވަޑައިގަންނަވާނެ އެވެ. މިއީ ދުނިޔޭގެ މަސްރަހުގައި ޗައިނާއަށް ބާރުބޮޑު ދުވަސްކޮޅެކެވެ. އެހެން ނަމަވެސް، ޗައިނާ ވަޒީރު ތުރުކީއަށް ވަޑައިގަންނަވާ ހާއްސަ ސަބަބެއް އަދި ނޭނގެ އެވެ.

ވާންގް ޔީގެ މި ދަތުރުފުޅުގައި ހުކުރު ދުވަހުގެ ނިޔަލަށް ތުރުކީގައި މަޑު ކުރައްވާނެ އެވެ. ޗައިނާއާ ތުރުކީއަކީ އަސްކަރީ އަދި އިގުތިސޯދީ ގުޅުން ވަރުގަދަ ދެ ގައުމެވެ.

ޗައިނާ ވަޒީރުގެ މި ދަތުރުފުޅާ ބެހޭ ގޮތުން ތުރުކީގެ ފޮރިން މިނިސްޓްރީން ބުނީ ގުޅުން ބަދަހިކުރެއްވުމަށް ކަމަށެވެ. ބައިނަލްއަގްވާމީ އަދި ސަރަހައްދީ މަސްލަހަތާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވާނެ ކަމަށް ވެސް ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ވާންގް ޔީއަށް މަރުހަބާ ދަންނަވާނީ ތުރުކީގެ ރައީސް، ރަޖަބް ތައްޔިބު އުރުދުޣާން ކަމަށެވެ.