މިނިސްޓްރީ އޮފް ހެލްތު

ސްރިނަގަރިންދްރާ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

Mar 24, 2021

ތައިލެންޑްގެ ޕްރިންސަސް ސްރިނަގަރިންދްރާ އެވޯޑަށް ކުރިމަތިލާން ދިވެހިންނަށް ހުޅުވާލައިފި އެވެ.

މި އެވޯޑަކީ ތައިލޭންޑްގެ ސްރީނަގަރިންދްރާގެ އުފަން ދުވަހާ ގުޅުވައި ނަރުހުންނާއި ފޫޅުމައިންނަށް އަމާޒު ކޮށް އެދާއިރާ އާއި އިޖުތިމާއީ ކުރިއެރުމަށް ކުރާ މަސައްކަތްތައް ފާހަގަކޮށް އަހަރަކު އެއް ފަހަރު ދޭ އެވޯޑެކެވެ.

ރާއްޖޭގެ ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެވޯޑަށް ޝައުގުވެރިވާ ފަރާތްތައް އެވޯޑަށް ކުރިމަތިލާނީ އެކަމަށް ހާއްސަކޮށްފައިވާ ނޮމިނޭޝަން ފޯމަކުން ކަމަށެވެ. އަދި އެވޯޑް ފޯމް ފުރިހަމަ ކުރުމަށްފަހު އަންނަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 12:00 އިގެ ކުރިން ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތް ޑިވިޒަނަސް ހުށަހަޅަން ޖެހެ އެވެ.

ޕްރިންސަސް ސްރިނަގަރިންދްރާ އުފަންވެވަޑައިގަތީ އޮކްޓޫބަރު 21، 1900 ގައެވެ. އަވާހަރަވީ އުމުރުފުޅުން 95 އަހަރުގައި ޖުލައި 18، 1995 ގައެވެ. އެކަމަނާއަކީ ނަރުހުންގެ ދާއިރާއިން ތައުލީމު ހާސިލްކުރެއްވުމަށް ފަހު ސިއްހީ ހިދުމަތުގައި ނަރުހުންނާއި ފޫޅުމައިންގެ މުހިއްމު ކަން އަންގައިދެއްވާ ސިއްހީ ހިދުމަތް ފަސޭހައިން އާންމުންނަށް ލިބެން ޖެހޭނެ ކަމަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ.